twitterviber whatsapp telegramfacebookyoutube instagram
28th July 2026

މަކުނުދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

ޚަދީޖާ އާދަމް
Apr 10, 2021

ހދ. މަކުނުދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފަށައިފި އެވެ. މިތަނުން 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ޗެކް ޖަމާކުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެ އެވެ.

މަކުނުދޫގައި ބެހެއްޓި އޭޓީއެމްއާއެކު ހދ. އަތޮޅުގެ ތިން ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދެމުން އަންނަ ކަމަށެވެ. އެއީ މަކުނުދޫގެ އިތުރުން ހަނިމާދޫ އަދި ކުޅުދުއްފުށީގައި އެވެ.

މިދިޔަ އަހަރު ބޭންކުން ވަނީ 10 ރަށެއްގައި އަލަށް ސެލްފް ސާވިސް އޭޓީއެމް ސެންޓަރު ހުޅުވައި، އިތުރު ފަސް ރަށެއްގައި ބަހައްޓާފައި ހުރި އޭޓީއެމްތަކުން ސެލްފް ސާވިސް ހިދުމަތް ލިބޭނެހެން ބަދަލު ގެނެސްފަ އެވެ.

އެ ބޭންކުން ބުނީ ރާއްޖޭގެ 20 އަތޮޅެއްގައި ބީއެމްއެލްގެ 35 ބްރާންޗް ހުންނައިރު ބީއެމްއެލް އިން މަސައްކަތް ކުރަމުން އަންނަނީ އޭޓީއެމްގެ ހިދުމަތް ފުޅާ ކުރުމަށް ކަމަށާއި އެގޮތުން މުޅި ރާއްޖޭގައި 67 ސެލްފްސާވިސް ބޭންކިން ސެންޓަރު، 128 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ތިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355