twitterviber whatsapp telegramfacebookyoutube instagram
23rd September 2026

18 ގެ ކުރިން ވެކްސިން ޖެހި ފަރާތްތަކަށް ދެވަނަ ޑޯޒް ޖެހުމަށް ހުޅުވާލައިފި

އަބްދުލް ވާހިދު ޙަސަން
Apr 14, 2021

ފެބުރުއަރީ 18 ވަނަ ދުވަހުގެ ކުރިން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެ ވަނަ ޒޯޑް ޖެހުމަށް ހުޅުވާލައިފި އެވެ.

ކޭއާރުއެޗުން ބުނީ، ފެބްރުއަރީ 18 ވަނަ ދުވަހުގެ ކުރިން ފުރަތަމަ ޑޯޒު ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒު ޖެހުމަށް ހުޅުވާލާފައިވާ ކަމަށެވެ.

ދެވަނަ ޒޯޑް ޖެހުން ކުރިއަށްދާނީ މިއަދާއި މާދަމާގެ 21:00-23:00 އާދެމެދު އުފަން ހިޔާގައި އެވެ. ވެކްސިން ޖަހަން އަންނައިރު އައިޑީކާޑާއި ވެކްސިން ކާޑު ގެންދިޔުމަށް ހޮސްޕިޓަލުން އިލްތިމާސްކުރެ އެވެ.

ކޮވިޝީލްޑްގެ ވެކްސިންގެ ދެވަނަ ޑޯޒް އާންމުކޮށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ޖަހަން ފަށާފައިވަނީ މި އެޕްރީލްމަހުގެ 6 ވަނަ ދުވަހު އެވެ. އެފަހަރު ހުޅުވާލީ ފެބުރުއަރީ 8 ގެ ކުރިން ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކަށެވެ.

ކުޅުދުއްފުށީގައި އެންމެ ފުރަތަމަ ވެކްސިން ޖަހަން ފެށީ ފެބުރުއަރީ ފުރަތަމަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293