twitterviber whatsapp telegramfacebookyoutube instagram
29th August 2025

ބީއެމްއެލްގެ އެހީ ރަމަޟާންމަހު ހިންގާ އާކް އެއިޑް ޕްރޮގްރާމަށް

Apr 14, 2021

ބޭންކް އޮފް މޯލްޑިވްސްއިން މުޖުތަމައަށް ދެމުންދާ މާލީ އެހީތެރިކަމުގެ ދަށުން އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް މި ރަމަޟާން މަހު އެހީތެރިވުމަށް އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް 100،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

މި ފައިސާ ހަދިޔާކޮށްފައިވަނީ އެޖަމިއްޔާއިން ހިންގާ އާކް އެއިޑް ޕްރޮގްރާމަށެވެ. އާކް އެއިޑް ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ބޭނުންވާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް އަންނަނީ އަސާސީ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ. މިފަހަރު ބޭންކުން ހަދިޔާކުރި ފައިސާ އިން މާލޭ ސިޓީގައި ދިރިއުޅޭ 70 އާއިލާއެއްގެ 150 ކުދިންނަށް ކާބޯތަކެތީގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

2020 ވަނަ އަހަރުވެސް ބޭންކުން ވަނީ ކޮވިޑް-19 ގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 200،000 ރުފިޔާ ހަދިޔާކޮށްފައެވެ. މި އެހީގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި ދިރިއުޅޭ 300 އާއިލާއެއްގެ 587 ކުދިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355