twitterviber whatsapp telegramfacebookyoutube instagram
26th April 2024

މި އަހަރު 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އަދާޒާ ކުރެވޭ: މައުސޫމް

ޚަދީޖާ އާދަމް
Apr 15, 2021
1

މި އަހަރު ކުރިން އަންނާނެ ކަމަށް އަންދާޒާ ކުރެވުނީ އެއް މިލިއަން ޓޫރިސްޓު ނަމަވެސް މިހާރު 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާ ކުރެވޭކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ސީއެންބީސީ އިންޓަނޭޝަނަލް އަށް ދެއްވި އިންޓަވިއެއްގަ އެވެ. މިނިސްޓަރު ވިދާޅުވީ ބޭރު ފައިސާ ވަންނަ މައިގަނޑު ދާއިރާއަކީ ވެސް ޓޫރިޒަމް ކަމަށާއި އުންމީދަކި މިދިޔަ އަހަރަށް ވުރެ ރަނގަޅު ވެގެން ދާނެ ކަމަށް ކަމަށެވެ.

މީގެ އިތުރުން ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރާ މުއްދަތު އިތުރުވުމުން މި އަހަރު ގާތްގަނޑަކަށް ފަސް ބިލިއަން އެމެރިކާ ޑޮލަރު އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށާއި މި އަހަރު ޓޫރިސްޓުންގެ ބެޑްނައިޓްސް ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ ގާތްގަނޑަކަށް 10 މިލިއަނުގައި ކަމަށެވެ.

އަދި އެ ދަދުން ބަލާނަމަ އެވްރެޖު ގޮތެއްގައި މިހާރު ރާއްޖެ އަންނަ ޓޫރިސްޓުންގެ ދުވާލަކު އެންމެ ކުޑަކޮށް 500 ޑޮލަރު ހޭދަ ކުރާނެ ކަމަށް އަންދާޒާ ކުރި ނަމަވެސް ރާއްޖެއަށް އާމްދަނީގެ ގޮތުގައި ފަސް ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ދާއިރާވަރަށް ބޮޑަށް ދަށްވެގެން ދިޔައިރު މިދިޔަ އަހަރު ޓޫރިސްޓުންގެ ބެޑް ނައިޓް ހުރީ ގާތްގަނޑަކަށް ހަތަރު މިލިއަންގަ އެވެ. ނަމަވެސް 2019 ވަނަ އަހަރު ޓޫރިސްޓުން ރާއްޖޭގައި ގާތްގަނޑަކަށް 10 މިލިއަން ބެޑްނައިޓްސް ހޭދަ ކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355