twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރެސިޕީ: ނޯ ބޭކް އޯރިއޯ ޗީޒްކޭކު

ޚަދީޖާ އާދަމް
Apr 15, 2021
1

ޗީޒް ކޭކު މިއީ ފަސޭހައިން ތައްޔާރުކޮށްލެވޭ އަދި ދިވެހިންގެ މެދުގައިވެސް މަގުބޫލް އެއްޗެކެެވެ. އަވަން ބޭނުން ނުކޮށް ފަސޭހައިން ލިބެން ހުންނަ އެއްޗެހި ބޭނުން ކޮށްގެން މި ޗީޒް ކޭކު ތައްޔާރުކޮށް ލެވޭނެ އެވެ.

ބޭނުންވާ ތަކެތި:

  • 1 ޕެކެޓް އޯރިއޯ
  • 40 ގ ބަޓާރ (މެލްޓްކޮށްފަ)
  • 04 ގ ޖެލެޓިން
  • 200 ގ ކްރީމް ޗީޒް
  • 25 ގ ހަކުރު
  • 200 ގ ވިޕިން ކްރީމް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ބިސްކޯދު ތެރޭގައިވާ ކްރީމް ކޮޅާ ބިސްކޯދާ ވަކިކޮށްލާ، ވަކިން ދެ ތައްޓަކަށް އަޅާށެވެ. އެއަށްފަހު ބިސްކޯދުކޮޅު އެއްކޮށް ހިމުން ވަންދެން މުގުރާލާށެވެ. ދެން ބިސްކޯދު ތެރެއަށް ބަޓަރުކޮޅުއަޅާ އެއްކޮށްލާށެވެ. ޓްރޭއަކަށް ބިސްކޯދުކޮޅު އަޅާ ރަނގަޅަށް އެއްވަރަށް ފަތުރާލާށެވެ. އެއަށްފަހު 20 މިނެޓް ވަންދެން ފްރިޖުގައި ބަހަައްޓާށެވެ.

ކޭކުބައި ތަައްޔާރުކޮށްލުމަށް ފުރަތަމަ ޖެލެޓިންކޮޅު ފެންކޮޅަކަށް އަޅާފައި 15 މިނެޓް ވަންދެން ބަަހައްޓާލާށެވެ. އެއަށްފަހު ކްރީމް ޗީޒް ތައްޓަކަށް އަޅައި ކުޑަކޮށް އޮލަވަންދެން ގިރާލާށެވެ. އެއަށް ފަހު ހަކުރު އަދި ބިސްކޯދުން ވަކިކޮށްލި ކްރީމް ކޮޅު ކްރީމް ޗީޒްތެެރެއަށް އެއްކޮށްލާ ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ޖެލެޓިންކޮޅު އެއްކޮށްލާށެވެ.

ވަކިން ތައްޓެގައި ވިޕްކްރީމްކޮޅު ގިރާލުމަށްފަހު ކްރީމް ޗީޒްކޮޅުތެރެއަށް އެއްކޮށްލާށެވެ. ދެން ކުރިން ފްރިޖަށްލީ ބިސްކޯދުކޮޅު މައްޗަށް ކްރީމްގަނޑު އަޅާލާ ރީތިކޮށް ފަރުތާލާށެވެ. ބޭނުންނަ ނަމަ ރީތިކޮށްލާން މައްޗަށް ބޮސްކޯދުކޮޅެއް ހިމުންކޮށްލާފައި އެޅިދާނެއެވެ. އެއަށްފަހު ރީތިކޮށް ފިނިވަންދެން 3 ގަޑިއިރެއްހާއިރު ކޭކު ފްރިޖްގައި ބައިދަން ވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355