twitterviber whatsapp telegramfacebookyoutube instagram
1st June 2023

ފެބްރުއަރީ 24ގެ ކުރިން ވެކްސިން ޖެހި ފަރާތްތަކަށް ދެވަނަ ޑޯޒް ޖެހުމަށް ހުޅުވާލައިފި

ޚަދީޖާ އާދަމް
Apr 17, 2021

ފެބުރުއަރީ 24 ވަނަ ދުވަހުގެ ކުރިން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެ ވަނަ ޒޯޑް ޖެހުމަށް ހުޅުވާލައިފި އެވެ.

ކޭއާރުއެޗުން ބުނީ، ފެބްރުއަރީ 24 ވަނަ ދުވަހުގެ ކުރިން ފުރަތަމަ ޑޯޒު ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒު ޖެހުމަށް ހުޅުވާލާފައިވާ ކަމަށާއި ދެވަނަ ޒޯޑް ޖެހުން ކުރިއަށްދާނީ މިމަހު 18 ން 22 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ރޭގަނޑު 21:00-23:00 އާދެމެދު އުފަން ހިޔާގައި ކަމަށެވެ.

ވެކްސިން ޖަހަން އަންނައިރު އައިޑީކާޑާއި ވެކްސިން ކާޑު ގެންދިޔުމަށް ހޮސްޕިޓަލުން އިލްތިމާސްކުރެ އެވެ.

ކޮވިޝީލްޑްގެ ވެކްސިންގެ ދެވަނަ ޑޯޒް އާންމުކޮށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ޖަހަން ފަށާފައިވަނީ މި އެޕްރީލްމަހުގެ 6 ވަނަ ދުވަހު އެވެ. އެފަހަރު ހުޅުވާލީ ފެބުރުއަރީ 8 ގެ ކުރިން ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކަށެވެ.

ކުޅުދުއްފުށީގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފެށީ މިއަހަރު ފެބުރުއަރީ 1 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355