twitterviber whatsapp telegramfacebookyoutube instagram
10th November 2025

ކޭއާރުއެޗުގައި ވިހެއި ކުއްޖަކު އެންއައިސީޔޫއަށް ވެއްޓުނު މައްސަލައެއް ބަލަނީ

އަބްދުލް ވާހިދު ޙަސަން
Apr 17, 2021
3

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވިހެއި ކުއްޖަކު އެންއައިސީޔޫ ތެރެއަށް ވެއްޓުނު މައްސަލައެއް، ހޮސްޕިޓަލުން ބަލަން ފަށައިފި އެވެ.

އެ މައުލޫމާތު އެނގޭ މީހަކު ބުނީ ކުއްޖާ ރީނދޫވެގެން އޮތީ މަންމައާ ވަކިން އެންއައިސީޔޫގައި ކަމަށާ ކުއްޖާގެ ހުރިހާ ކަމެއް ބަލަހައްޓަމުންދިޔައީ ނަރުހުން ކަމަށެވެ.

މިކަމާ ގުޅިގެން ހޮސްޕިޓަލްގައި މެނޭޖަރު އަހުމަދު ދާއޫދު ކޭއޯއަށް ވިދާޅުވީ އެފަދަ ކަމެއް މިއަދު ހިނގައިފައިވާ ކަމަށާ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. ބަލަމުންދާ މައްސަލައަކަށްވާތީ މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ނުދެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355