twitterviber whatsapp telegramfacebookyoutube instagram
7th September 2026

ރެސިޕީ: ކެޝޫނަޓް ރައިސް

Apr 18, 2021

ކެޝޫނަޓް ރައިސް

ބޭނުންވާ ތަކެތި:

  • 2 ޖޯޑު ބާސްމަތީ ހަނޑޫ ( ދޮވެފަ)
  • 3 ސަމުސާ ތެޔޮ
  • ¾ ޖޯޑި ކެޝޫ ނަޓް (ދެ ފަޅިކޮށްލާފަ)
  • 2 ފިޔާ (ތުނިކޮށް ކޮށާފަ)
  • 3 ލޮނުމެދު (ކުދިކޮށް ކޮށާފަ)
  • ¼ ޖޯޑު ހިކި މޭބިސްކަދުރު
  • 1 ސައިސަމުސާ އިނގުރު (ގާނާފަ)
  • ½ ސަމުސާ ދިރި
  • ¼ ސަމުސާ ގަރަމް މަސާލާ
  • ¼ ސަމުސާ ތެޅި މިރުސް
  • ¼ ރީނދޫ
  • ލޮނު
  • ½ 2 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް:

ތަވާއަކަށް ތެޔޮކޮޅެއް އެޅުމަށްފަހު ތެޔޮކޮޅު ހޫނުވެލުމުން ކެޝޫ ނަޓްކޮޅު އަޅާ ކުޑަކޮށް ތެލުލާށެވެ. މަޑު މުށިކުލަ އެރުމުން ކެޝޫތައް ނަގާ ވަކިން ބަހައްޓާލާށެވެ. ދެން ތެޔޮކޮޅުތެރެއަށް ފިޔާ ކޮޅު އަޅާ ތެލުލާށެވެ. ފިޔާކޮޅުވެސް މަޑު މުށިކުލައެއް އެރުމުން ނަގަންވާނެ އެވެ. އެއަށްފަހު ހިކިމޭބިސްކަދުރު ކޮޅުވެސް ހަމައެގޮތަށް ތެލުލާފައި ވަކިން ބަހައްޓާލާށެވެ.

ހުރިހާ އެއްޗެއް ތެލުލެވުމުން ތެޔޮކޮޅު ތެރެއަށް ލޮނުމެދާ އިނގުރުކޮޅު އަޅާ އެއްކޮށްލާށެވެ. ލޮނުމެދުކޮޅު ކުޑަކޮށް މޯޅިވެލުމުން ހަނޑުކޮޅުއަޅާށެވެ. ދެން ދިރި، ގަރަމް މަސާލާ، ތެޅި މިރުސް، ލޮނު (ލޮނު އަޅަން ވާނީ އެމީހަކަށް ހެޔޮވާވަރަކަށް)، ރީނދޫ އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ކުރި ތެލުލި ފިޔާކޮޅާ ކެޝޫއަދި ހިކިމޭބިސްކަދުރުކޮޅުވެސް އަޅާ އެއްކޮށްލާށެވެ.

ހުރިހާ އެއްޗެއް އެއްކޮށްލެވުމުން ފެންއަޅާ ބަތްކޮޅު މަޑުވަންދެން ކައްކާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355