twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދިރާގު ނައު އެމްވީއިން މި ފަހަރުވެސް ރޯދަ މަހަށް ހާއްސަ ފީޗާތަކެއް

Apr 23, 2021

މުހިންމު މައުލޫމާތާއި ދިރިއުޅުމުގެ އެކި ކަންތައްތަކާ ގުޅޭ ތަފާތު ކޮންޓެންޓް ހިމެނޭ ދިރާގުގެ ލައިފްސްޓައިލް މޮބައިލް އެޕްލިކޭޝަން "ނައުއެމްވީ" ގައި މި ފަހަރު ރޯދަ މަހާ ދިމާކޮށްވެސް އާ ފީޗާތަކެއް އިތުރު ކޮށްފިއެވެ.

ދިރާގު ނައު އެމްވީ މެދުވެރިކޮށް، އެކި މޮބައިލް އެޕްލިކޭޝަންތަކުން ކުރަން ޖެހޭ ކަންތައްތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ކޮށްލެވޭނެ ކަމަށާއި މި ފަހަރުގެ ރޯދަމަހާ ދިމާކޮށްވެސް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ ގޮތުން ވަނީ ދީނީ ކަންތައްތައް ފުރިހަމަ ކުރުމަށް ހާއްސަ ފީޗާސް ތަކެއް ނައު އެޕަށް އިތުރު ކޮށްފަ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

އެގޮތުން މިހާރު ނައު އެޕް މެދުވެރިކޮށް ކީރިތި ޤުރުއާނާއި އޭގެ ދިވެހި ތަރުޖަމާ ކިޔާލެވޭނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރސް އިން ކޮންމެ ދުވަހެއްގެ އަސްރު ނަމާދަށް ފަހު ބާއްވާ ދަރުސް ޕްރޮގްރާމާ ބޭހޭ މައުލޫމާތުތައް ކޮންމެ ދުވަހެއްގެ ހެނދުނު އެޕްގައި ޝާއިއު ކުރެއެވެ. އެގޮތުން އެ ދުވަހެއްގެ މައުލޫއާއި، ދަރުސް ބާއްވާ މިސްކިތާއި، ދަރުސްދެއްވާ ބޭފުޅުންގެ ނަން ހިމެނެއެވެ. އަދި ހަމައެއާއެކު، ނައު އެޕްގެ "ވީޑިއޯ" ބައިގައި އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް މުހިންމު އެކި އެކި ދީނީ މައުލޫމާތު ފޯރުކޮށްދޭ ވީޑިއޯ ކްލިޕްތައްވެސް ވަނީ ހިމަނާފައިއެވެ.

މީގެ އިތުރުން، މި ފަހަރުވެސް ނައުއެޕް މެދުވެރިކޮށް ފިތުރު ޒަކާތް ފަސޭހަކަމާއެކު ދައްކާލެވޭނެއެވެ. ނައުއެޕް މެދުވެރުކޮށް ޒަކާތާއި އެކީ ޞަދަޤާތް ދައްކާ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށްވެސް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ވަނީ ނައު އެޕްގައި އެކުލަވާލާފައިއެވެ. ނައު އެޕްގެ "ޑޮނޭޝަންސް" ބައިން ނައު އެޕާ ގުޅިފައިވާ ޖަމިއްޔާތައް ބަލާލެވޭނެއެވެ.

މި އެޕްގައި ރޯދަ މަހަށް ހާއްސަ އެހެނިހެން ފީޗަރ ތަކުގެ ތެރޭގައި، ނަމާދު ގަޑިތައް ބަލައި، ނޮޓިފިކޭޝަން ސެޓްކޮށް އަދި ރޯދަ ޓްރެކް ކުރުން ފަދަ ޕީޗަރތައް ހިމެނެއެވެ. އަދި ހަމައެއާކު ރޯދަ ވީއްލަން ތައްޔާރުކުރާނެ މީރު ކާއެއްޗެހީގެ ރެސިޕީ ތަކާއި އެކި އެކި ރެސްޓޯރެންޓާއި ކެފޭތަކުގެ ރޯދަ ވީއްލުން މެނޫތައްވެސް ނައުއެޕްގައި ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355