twitterviber whatsapp telegramfacebookyoutube instagram
22nd August 2026

ބިދޭސީންނަށް ވޯކް ޕާމިޓްގެ ވާޗުވަލް ކާޑެއް ދޫކުރަން ނިންމައިފި

ޚަދީޖާ އާދަމް
Apr 26, 2021

ބިދޭސީންނަށް ވޯކް ޕާމިޓް ކާޑު ދޫކުރަން ފަށާފައިވާ ކަމަށާއި ކާޑު ދޫކުރާއިރު ފިޒިކަލް ކާޑުގެ އިތުރުން ވާޗުއަލް ވޯކް ޕާމިޓް ކާޑު ދޫކުރަން ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީ އިން މިއަދު ބުނީ އާ ގަވައިދުގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސިންނަށް ދޫކުރާ ވޯކް ވިސާ ކާޑުގެ ބަދަލުގައި ވޯކް ޕާމިޓް ކާޑު ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވަޒީފާދޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައިވާ ބިދޭސީންގެ ވޯކް ޕާމިޓް ފީ ދައްކާ، ވޯކް ޕާމިޓާ ގުޅިގެން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަންކަން ފުރިހަމަކުރާތާ 48 ގަޑިއިރުގެ ތެރޭ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވާޗުއަލް ވޯކް ޕާމިޓް ކާޑު ލިބޭނެ ކަމަށާ އަދި ފިޒިކަލް ކާޑު ބޭނުންވާ ފަރާތްތަކަށް އިކޮނޮމިކް މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލް ކުރުމުން ޕްރިންޓް ކޮށްފައިވާ ކާޑު ތިން ދުވަހުގެ ތެރޭ ކާޑު ދޫކުރާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ކާޑު ބިދޭސީންނަށް ލިބޭނެ އަދި ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ޕްރިންޓްކޮށްގެން ދޫކުރާ ފިޒިކަލް ކާޑުގެ އިތުރުން ވާޗުއަލް ކާޑެއް ލިބޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ދެ ކާޑުގެ ސައްހަކަން އަދި ސައްހަ މުއްދަތު، ކާޑުގައިވާ "ކިއުއާރް ކޯޑު" ސްކޭންކޮށްގެން ބެލޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355