twitterviber whatsapp telegramfacebookyoutube instagram
22nd March 2026

އިންޑިއާގައި ފެތުރޭ އާ ވޭރިއެންޓްގެ ނުރައްކާ ފްރާންސަށް

ޢަލީ ރަމީޒް
May 10, 2021

އިންޑިއާގެ ވޭރިއެންޓަށް ފްރާންސުން 20 މީހުން ފައްސިވެފައިވާ ކަމަށް ފްރާާންސްގެ ހެލްތް މިނިސްޓަރ އޮލިވިއަރ ވޭރަން ބުނެފިއެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނީ އިންޑިއާގައި ފެތުރޭ ކޮވިޑުގެ އާ ވޭރިއެންޓަކީ ވަރަށް ނުރައްކާތެރި ވޭރިއެންޓެއް ކަމަށެވެ. އެގޮތުން ކޮވިޑުގެ އެ ވޭރިއެންޓު ފެތުރޭ މިންވަރު އަވަސްވެފައި ބަލިވާ މީހުންގެ ހާލަތު ނާޒުކުވާ ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.

ދުނިޔޭގެ 17 ގައުމަކުން އިންޑިޔާގެ ވޭރިއެންޓް މިހާރު ފެނިފައި ވާއިރު ދުނިޔޭގެ ގައުމުތަކަށް މި މައްސަލަ ވަނީ އެންމެ ކަންބޮޑުވާ ޢެއް މައްސަލައައް ވެފައެވެ.

ކޮވިޑް 19 ގެ ވެކްސިނަށް ނުގުޑާ މި ވޭރިއެންޓް އަށް ނަން ދެވިފައިވަނީ 1.617.B ގެ ނަމުންނެވެ.

އިންޑިއާގައި މިހާރު ފެތުރޭ ކޮވިޑުގެ އާ ވޭރިއެންޓަށް އެތައް ލައްކަ ބަޔަކު ކޮންމެ ދުވަހަކު ފައްސިވަމުންދާއިރު މަރުވާމީހުންގެ ޢަދަދު ދަނީ އިންތިހާއަށް މަތިވަމުންނެވެ. އަދި ވައިރަހަށް ފައްސިވާ މީހުން ޢާދަޔާ ހިލާފަށް ބަލިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނާއިރު ވައިރަހަށް ފައްސި މީހުންނާއެކު އިންޑިޔާގެ ހޮސްޕިޓަލްތައް ފުރިފައިވާތާ ހަފްތާއެއްހާ ދުވަސްވެއްޖެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355