twitterviber whatsapp telegramfacebookyoutube instagram
19th April 2024

މެޕްސް ކެލެޖުން ތަފާތު ދާއިރާތަކުގެ ކޯސްތައް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު

May 11, 2021

މެޕްސް ކޮލެޖުން ހިންގާ އޮންލައިން ކޯސްތަކަށް ހުށަހެޅުމުގެ ފުރުސަތު ޖޫންމަހުގެ 13 ގެ ނިޔަލަށް ހުޅުވާލާފައިވެ އެވެ. ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީއާ ހަމައަށް އެކި ދާއިރާތަކުން ކިޔެވުމުގެ ތަފާތު ފުރުސަތުތަކާއެކު ހުޅުވާލާފައިވާ މެޕްސް ކޮލެޖްގެ ޖޫން 2021 އިންޓޭކްގެ ކޯސްތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގ، އިންފޯރމޭޝަން ޓެކްނޮލޮޖީ، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެއެވެ.

މެޕްސް ކޮލެޖުން ބުނީ ޖޫން 2021 އިންޓޭކްގައި އެ ކޮލެޖުން އަމިއްލަ ކޯސްތަކުގެ އިތުރުން، މެޕްސް ކޮލެޖުން ހިންގާ އިންޓަނޭޝަނަލް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައިވާ ކަމަށެވެ.

އެ ކޯސްތަކުގެތެރޭގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮޑްޝައަރ، (ޔޫ.އޯ.ބީ)ގެ މާސްޓަރސް ކޯސްތަކުގެ އިތުރުން މެޕްސް ކޮލެޖުން ހިންގަމުން އަންނަ އެންމެ ދުވަސްވީ ދެ އިންޓަރނޭޝަނަލް ކޮލިފިކޭޝަންކަމަށްވާ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސް (އޭ.ބީ.އީ) އަދި އެސޯސިއޭޝަން އޮފް ޗާރޓާޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ) ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.

މެޕްސް ކޮލެޖްގެ އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ގްރޭޑް ދިހަ އެއް ނިންމާފައިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާއިރު، މިކޯސް ނިންމާލުމަށްފަހު އެފަރާތްތަކަށް ބެޗެލަރސް ޑިގްރީގެ ކޯސްތަކަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. އަދި ހަމަ އެހެންމެ، ގްރޭޑް 10އެއް ނިންމާލުމަށްފަހު ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ އެހީގައި، އަދި 3 މަހުގެ ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު އެފަރާތެއް ހިޔާރުކުރާ ދާއިރާއެއްގެ ޑިގްރީ ކޯހަކަށް ވަނުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް މެޕްސް ކޮލެޖުން މައުލޫމާތުދެ އެވެ.

މެޕްސް ކޮލެޖްގެ އަމިއްލަ ނުވަތަ ލޯކަލް ހުރިހާ ކޯސްތަކަކީވެސް އޮންލައިންކޮށް އަމިއްލަ ރަށުގައި ނުވަތަ މަސައްކަތް ކުރާ ރިސޯޓުގައި ތިބެގެން ކިޔަވަން ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތަށް ބައްޓަންކުރެވިފައިވާ ކޯސްތަކެކެވެ.\

އެގޮތުން މެޕްސް ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ ތެރޭގައި ހިމެނޭ ޑިގްރީ ކޯސްތަކަކީ ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ "ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް" ގެ ދަށުން ހިލޭ ކިޔެވޭނެ ކޯސްތައްކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

މިކޯސްތަކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ، 13 ޖޫން 2021ގެ ނިޔަލަށެވެ.

ޖޫން 2021ގައި ހުޅުވާލާފައިވާ އިންޓަނޭޝަނަލް ކޯސްތަކުގެތެރެއިން އޭ.ބީ.އީ އަދި އޭ.ސީ.ސީ.އޭގެ ކޯސްތަކަށް ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 4 ޖުލައި 2021 އެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮޑްޝައަރގެ މާސްޓަރސް ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު 16 މެއި 2021 އަދި 11 ޖުލައި 2021އާ ހަމައަށްވަނީ ހުޅުވާލާފައެވެ. މިހުރިހާ ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށްވެސް މެޕްސް ކޮލެޖްގެ ވެބްސައިޓް (www.maps.edu.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތުވަނީ ފަހިކޮށްދީފައެވެ.

ކޮވިޑް-19ގެ ޕެންޑަމިކްއާ ގުޅިގެން މެޕްސް ކޮލެޖުގެ ހުރިހާ ކޯސްތަކެއްވެސް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. މެޕްސް ކޮލެޖުން މައުލޫމާތު ދޭގޮތުގައި ކުރިއަށް އޮތްތަނުގައިވެސް ކޮލެޖްގައި ކިޔެވުން ކުރިއަށް ގެންދާނީ ދަރިވަރުންނާއި އެކޮލެޖުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ލިބޭނެފަދަ ގޮތަކަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިތުރުން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ލަފައާއި މަޝްވަރާއާ އެއްގޮތަށްކަމަށެވެ.

މެޕްސް ކޮލެޖަކީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ކާމިޔާބު ކަމާއެކު އޮންލައިންކޮށް ކޯސްތައް ހިންގަމުން އަންނަ ކޮލެޖެކެވެ.

މަތީ ތައުލީމު އުނގަންނައިދިނުމުގެ ދާއިރާގައި 22 އަހަރު ވެފައިވާ މެޕްސް ކޮލެޖަކީ ފެންވަރު ރަނގަޅު އެންމެ ޒަމާނީ ވަސީލަތްތައް ދަރިވަރުންނަށް ފޯރުކޮށްދޭ، ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް ކޮލެޖެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355