twitterviber whatsapp telegramfacebookyoutube instagram
19th March 2026

ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި 136 މަރު

May 15, 2021

މުޅި ޣައްޒާ ބަންދުކޮށްގެން އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 136 އަށް އަރާފައިވާއިރު އޭގެތެރޭގައި 38 ކުޑަކުދިންނާއި 22 އަންހެނުންވެސް ހިމެނެއެވެ.

ވަޔާއި އެއްގަމުން ދެމުން ގެންދާ ހަމަލާތައް ސްކޫލުތަލާއި މިސްކިތަކަށް ވެސް އަމާޒުކުރަމުންދާއިރު ހަމަލާތަކުގައި 950 މީހުން ވަނީ ޒަހަމްވެފައެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުން އިޒްރޭލުން ސުންނާފަތި ކޮށްފައިވާ އިމާރާތްތަކުން ސިމެންތި ކުނޑިތަކުގެ ތެރެއިން ވެސް މީހުން ސަލާމަތް ކުރަމުން އެބަ ދެއެވެ.

ކޮންމެ އަހަރަކު ރޯދަމަހާއި ދިމާކޮށް އިޒްރޭލުން ފަލަސްތީންގެ ރައްޔިތުންނަށް ކުރާ ދުއްތުރާދަން އިތުރުވެގެން ދެއެވެ. މިއަހަރު ރޯދަމަހުވެސް ތަރާވީސް ނަމާދަށް ތިއްބާ މަސްޖިދުލް އަޤްސާއަށް އިޒްރާއީލުގެ ފުލުހުން ވަދެ ވަނީ ހަމަނުޖެހިން ހިންގާފައެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބޮޑުވަޒީރުކަން ގެއްލިވަޑައިގެންފާނެ ކަމަށް އޮތް ބިރަކީ ވެސް ފަލަސްތީނަށް އޮތް އަނިޔާވެރި ކަމެކެވެ. އެގޮތުން ނަތަންޔާހޫއަށް އިޒްރޭލުގައި މަގުބޫލުކަން ގެއްލިވަޑައިގަންނަވާ ކޮންމެ ފަހަރަކު ފަލަސްތީން އަވަށްތަކުން ގޯތި ދޫކުރައްވަ އެވެ.

ފަލަސްތީން މަޝްރަހުގައި މިފަހަރު ހުޅު ރޯވެގެން އުޅެނީ ޝެއިހް ޖައްރާހް އަވަށުގައި ޔަހޫދީން ގެދޮރުވެރި ކުރުވުމުގެ ކުރިން އެއަވަށުގައި ތިބި ފަލަސްތީން ހައެއްކަ އާއިލާ ބޭރު ނުކުރެވިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355