twitterviber whatsapp telegramfacebookyoutube instagram
8th June 2026

ބިއެމްއެލް ހިދުމަތް ދޭ ދުވަސްތަކަށް ބަދަލު ގެނެސްފި

ޚަދީޖާ އާދަމް
May 16, 2021

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތް ދެމުންދާ ދުވަސްތަކަށް ބަދަލު ގެނެސްފި އެވެ.

އެގޮތުން މިއަދުން ފެށިގެން އެމްއެލްްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވިފައި ހުންނާނީ ހޯމަ ދުވަހާއި، އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހު ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ.

މީގެ އިތުރުން ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރެވޭ ޗެކްތައް ހަފްތާ ބަންދާއި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ޕްރޮސެސް ކުުރުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

މާލޭ ސިޓީގައި ބޭންކިންގ ހިދުމަތް ހޯދުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނެގޭނެ އެވެ. އަދި ހިދުމަތް ހޯދުމަށް ބޭންކަށް ދިއުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިބި ކަސްޓަމަރުންގެ އަދަދު ޗެކް ކުރުމަށް ބީއެމްއެލް އިން ވަނީ އެދިފަ އެވެ.

އޭގެ އިތުރުން އެކައުންޓް އޯޕަނިންގް ސެންޓަރާއި ލޯން ސެންޓަރު އަދި ބިޒްނެސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓަށް ކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ. ބީއެމްއެލްގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމެންޓަށް އެދެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355