twitterviber whatsapp telegramfacebookyoutube instagram
24th April 2024

މާލެ ލޮކްޑައުން ކުރަން ނިންމިކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި

ޚަދީޖާ އާދަމް
May 22, 2021

މާލެ ލޮކްޑައުން ކުރަން ނިންމާފައިވާކަމަށް ދެކެވޭ ވާހަަކަތައް ސަރުކާރުން ދޮގުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ އެފަދަ ނިންމުމެއް ނިންމާފައި ނުވާކަމަށާއި ޓެގް ޓީމާއެކު ކުރަމުންދާ މަޝްވަރާތަކުގައި އެފަދަ މަޝްވަރާއެއް ރައީސަށްވެސް އަރުވާފައިނުވާ ކަމަށެވެ.

އަންނަ އަންގާރަ ދުވަހުން ފެށިގެން މާލެ ސިޓީ ލޮކްޑައުން ކުރަން ނިންމާފައިވާ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު ވިހިހާހަށް ވުރެ މައްޗަށް ގޮސްފައިވާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި މި ބައްޔަށް އިތުރު 1،603 މީހަކު ޕޮޒިޓިވްވެފައިވާއިރު 286 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ނެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް މިހާރުވެސް މާލެ ސަރަހައްދުގައި ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން ވަނީ މަނާ ކޮށްފައެވެ.

އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމާއި ސަރުކާރު އޮފީސްތައްވެސް ވަނީ މި ފެށޭ ހަފްތާގެ ނިޔަލަށް ބަންދުކޮށްފައެވެ. މެއި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުންވެސް ވަނީ މަނާކޮށްފައެވެ.

މިވަގުތު ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުންވެސް ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355