twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކޮވިޑުގެ ބިރުވެރިކަމާއެކު ގޮއިދޫގައި ހާއްސަ ފިޔަވަޅުތަކެއް

ޚަދީޖާ އާދަމް
May 23, 2021
1

ށ ގޮއިދޫއިން ކޮވިޑް ކޭސް ފެނުމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ. މި ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނީ މިިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެގޮތުން ހެނދުނު 09:00 ން ހަވީރު 17:30 އަދި ރޭގަނޑު 21:00 ން 00:00 އަށް ޒަރޫރީ ބޭނުމެއްގައި ފިޔަަވައި ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

މިގަޑިތަކުގައި ބޭރަށް ނުކުމެވޭނީ، ޑިއުޓީއަށް ދާން ފަރާތްތަކާއި، ސިއްހީ ހިދުމަތް ދޭ މުވައްޒަފުންގެ އިތުރުން ޓާސްކް ފޯސް ފާސް ދޫކޮށްފައިވާ ފަރާތްތަކަށެވެ. މޮނީޓަރިންގެ ހާލަތުގައި ނެތް ގޭބީސީތަކުން ގެއިން ބޭރަށް ނުކުމެވޭނީ ޓާސްކް ފޯހުގެ ފާސް ދޫކޮށްފައިވާ ފަރާތަކަށް އެކަންޏެވެ.

މީގެ އިތުރުން ފިހާރަތަކުގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށްވަނީ އިލްތިމާސްކޮށްފައެވެ. ކޮންމެހެން ދާންޖެހިފެން ފިހާރަތަކަށް ދާނަމަ މާސްއެޅުމަށާއި ގައިދުރުކަން އިސްކުރުމަށްވެސް އެދިފައި ވެއެވެ. ރަށުގައި ކުރިއަށްދާ އެއްވެސް މަސައްކަތެއް ނުވަތަ މަޝްރޫއެއްގައި މޮނީޓަރިންގައި ވާ ގެއެއްގެ އެއްވެސް ފަރާތެއް ބައިވެރިނުކުރުމަށްވެސް އެދިފައި ވެއެވެ.

މަނާ ގަޑިތަކުގައި ގެއިން ބޭރަށް ކޮންމެހެން ނުުކުންނަށް ޖެހޭ ފަރާތްތަކުންނާއި، މަސްވެރިކަމަށް ފުރާ އުޅަނދު ފަހަރު ފުުރުމުގެ ކުރިން އަދި ރަށުތެރޭގައި މަސައްކަތެއް ފެށުމުގެ ކުރިން 7368584/9673878 މި ނަންބަރުތަކާއި ގުޅައިގެން ހުއްދަ ހޯދުމަށްވެސް ކައުންސިލުން އެދިފައި ވެއެވެ.

އެރަށު ސިއްހީ މަރުކަޒުން އެންމެ ފަހުން ނެރެފައިވާ މައުލޫމާތައް ބަލާ މިހާތަނަށް އެރަށުން 17 މީހަކު ވަނީ ކޮވިޑަސް ޕޮޒިޓިވްވެފައެވެ. 48 ގެއެއް މޮނީޓަރިންގެ ހާލަތުގައި އޮތްއިރު އެރަށުން ނެގުނު 311 ސާމްޕަލްގެ ތެރެއިން 293 ސާމްޕަލް ނެގެޓިވްއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355