twitterviber whatsapp telegramfacebookyoutube instagram
29th March 2026

ޕްރިމިއަރ ލީގުގެ ރަންބޫޓް ހެރީ ކޭންއަށް

ޢަލީ ރަމީޒް
May 24, 2021

އުމުރުން 28 އަހަރުގެ އިންގްލެންޑްގެ މޮޅު ފޯވަރޑް ހެރީ ކޭޭން ޕްރިމިއަރ ލީގުގެ ގޯލްޑަން ބޫޓް ކާމިޔާބުކޮށްފި އެވެ.

ހެރީ ކޭން ގޯލްޑެން ބޫޓް ކާމިޔާބު ކޮށްފައި މިވަނީ 23 ގޯލް އާއެކު 14 އެސިސްޓް ކޮށްގެންނެވެ. މިއީ ހެރީ ކޭންގެ އެންމެ ތަފާތު ކުޅުމެއް ފެނިގެން ދިޔަ އެއް ސީޒަނެވެ. އެގޮތުން މިއީ ކޭން އަށް ޕްރިމިއރ ލީގުގައި އެންމެ ކާމިޔާބު ސީޒަނަށް ވެގެންދާނެ އެވެ.

2009 ވަނަ އަހަރު ޓޮޓެންހަމް އާއި ގުޅުނު ހެރީ ކޭން މި ސީޒަނުގައި ގޯލްޑެން ބޫޓްގެ އިތުރުން ޕްލޭމޭކަރ އެވޯރޑް ވެސް ވަނީ ހޯދާފަ އެވެ.

ހެރީ ކޭން ޓޮޓެންހަމްގައި ގިނަ އަހަރު ތަކެއް ހޭދަކޮށްފާވާއިރު ކޭންގެ ކުޅުމުން ސީޒަނަކަށް ފަހު ސީޒަނެއްގައި ތަފާތު ފެނިގެން ދެއެވެ. ހެރީ ކޭން މިހާތަނަށް 3 ގޯލްޑެން ބޫޓް ކާމިޔާބު ކޮށްފައިވާއިރު ޕްރިމިއަރ ލީގުގައި އެންމެ ގިނަ ގޯލްޑެން ބޫޓް ހޯދާފައިވާ ހެންރީގެ ރިކޯރޑް އާއި ދާދި ގާތަށް މިވަނީ ޖެހިފައެވެ.

އަރސެނަލްގެ ލެޖެންޑް ހެންރީ ވަނީ 4 ގޯލްޑެން ބޫޓް ކާމިޔާބު ކޮށްފައެވެ. އެގޮތުން ހެންރީގެ ރިކޯރޑް އާއި އަރާ ހަމަކުރުމަށް ކޭން ބޭނުންވާނީ އެންމެ ގޯލްޑެން ބޫޓް އެކެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355