twitterviber whatsapp telegramfacebookyoutube instagram
4th May 2024

ޖޫން 10 ގެ ނިޔަލަށް ބީއެމްއެލްގެ އޮންލައިން ހިދުމަތްތައް ބޭނުން ކުރަން އެދިއްޖެ

ޚަދީޖާ އާދަމް
May 26, 2021

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ އުސޫލޫތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުރައްވާފައިވާ އިއުލާނާ އެއްގޮތަށް 27 މޭ އިން ފެށިގެން 10 ޖޫން 2021 އާ ހަމަޔަށް ބީއެމްއެލްގެ ހިދުމަތްތައް ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެގޮތުން ކަސްޓަމަރ ސަރވިސް ސެންޓަރ ހިމެނޭހެން ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް މި މުއްދަތުގައި ބަންދުވާނެ ކަމަށާއި އެ ބޭންކުން އެންމެ އިސްކަމެއްދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް އެ ބޭންކުން މައުލޫމާތު ދެއެެވެ. އެހެންކަމުން ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިންގ ހިދުމަތް ހޯއްދެވުމަށާއި އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުންކުރެއްވުމަށް އެދިފައި ވެއެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުމަށް އިންޓަނޭޝަނަލް ޓްރާންސްފަރ (ޓީޓީ) ގެ ހިދުމަތް ހޯއްދެއްވުމަށް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަން ފޯމާއެކު ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) [email protected] އީމެއިލް

މެދުވެރިކޮށް ފޮނުވޭނެއެވެ. އަދި ފަސޭހައިން މި ހިދުމަތް ހޯދުމަށްޓަކައި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ޓީޓީ ޚިދުމަތަށް އެދި ހުށަހެޅުމަށް ބޭންކުން އެދިފައި ވެއެވެ. އެގޮތުން ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުން އެދުވަހު ޕްރޮސެސް ކުރެވޭނެ އެވެ.

ޕޭ ރޯލްގެ ހިދުމަތައް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. މި ޚިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/business/banking- services/payroll-service މެދުވެރިކޮށް ލިބެން ހުންނާނެއެވެ. އެދުވަހު ޕްރޮސެސްކުރެވޭނީ މެންދުރު 12:00 ގެ ކުރިން ލިބޭ ހުށަހެޅުންތައް ކަމަށް ބޭންކުން ބުނެއެވެ.

އޭޓީއެމް މެދުވެރިކޮށް މެންދުރު 12:00 ގެ ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެކަމަށާއި އެމްއެމްއޭ ހުޅުވާފައި ހުންނަދުވަސްތައް ކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 ކުރިން ޖަމާކުރާ ޗެކްތައް ކްލިއަރކުރުމަށް އެދުވަހަކު ފޮނުވޭނެކަމަށް ބޭންކުން ބުނެއެވެ.

މި މުއްދަތުގައި އަންނަ ކޮންމެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައި ލޯކަލް ޓްރާންސްފާގެ ހިދުމަތް ލިބޭނެ ކަމަށާއި އެގޮތުން ހެނދުނު 11:00 ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އޭ.ސީ.އެޗް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެއެވެ.

އަދި ހެނދުނު 11:00 ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެކަމަށާއި ހެނދުނު 11:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ އެމް.އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ ރިކުއެސްޓްތައްވެސް އެދުވަހު ޕްރޮސެސް ވާނެއެވެ. ފޯމް ފުރިހަމަކޮށް އަދި ސޮައިކުރުމަށްފަހު [email protected] އަށް ފޮނުވުން ބޭންކުން އެދިފައި ވެއެވެ.

މިވަގުތުތަކުގެ ފަހުން ލިބޭ ހުށަހެޅުންތައް ޕްރޮސެސް ވާނީ ދެން ބޭންކު ހުޅުވޭ ދުވަހުގައެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެކަމަށާއި މި ގޮތުން އާންމު ފަރުދުންގެ އެކައުންޓަކަށް 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500،000 ރުފިޔާ ޖަމާކުރެވޭނެކަމަށްވެސް އެ ބޭންކުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355