twitterviber whatsapp telegramfacebookyoutube instagram
22nd September 2026

ޖޫން 3 ގައި ބީއެމްއެލް ކާޑު ސިސްޓަމް އަޕްގްރޭޑް ކުރަނީ

ޚަދީޖާ އާދަމް
May 28, 2021

އަންނަ ޖޫން މަހު 3 ވަނަ ދުވަހު ރޭ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް އެ ބޭންކުން ބުނެފި އެވެ.

އެގޮތުން ޖޫން 3 ވާ ބުރާސްފަތި ދުވަހުގެ ރޭ 10:00 ން ޖޫން 4 ވާ ހުުކުރު ދުވަހުގެ ހެނދުނު 09:00 އަށް މި މަސައްކަތް ކުރިއަށް ދާނެ ކަމަށާއި އެވަގުތުގެ ތެރޭގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ލިބޭ ކާޑުގެ ހިދުމަތްތައް ހިމެނޭހެން އޭޓީއެމް، ޕީއޯއެސް، އެމްޕޮސް، މާޗަންޓް ޕޯޓަލް، ޕޭމަންޓް ގޭޓްވޭގެ އިތުރުން މޮބައިލް ޕޭ ގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

ނަމަވެސް އެ ވަގުތުގައި އިންޓަނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގެ ހިދުމަތް ލިބޭނެ ކަމަށާއި އަޕްގްރޭޑްގެ މަސައްކަތް ނިމުމުން ކުރިއެކޭ އެއްގޮތަށް ހިދުމަތްތައް ލިބޭނެ ކަމަށް މައުލޫމާތު ދެއެވެ.

އެ ބޭންކުން ބުނީ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރަނީ ކަސްޓަމަރުންނަށް ދެމުންދާ ބޭންކިންގ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތާނުގައި ހިދުމަތަށް ގެންނަން ބޭނުންވާ މުހންމު ބަދަލުތައް ގެނައުމުގެ ބޭނުމުގައި ކަމަށެވެ.

އަދި މީގެ އިތުރުން މިއީ މި ސިނާއަތުގައި ކަނޑައެޅިފައިވާ މިންގަޑުތަކާ އެއްގޮތަށް ހަރުދަނާ ކަމާއެކު ހިދުމަތް ދިނުމުގެ ގޮތުން ބޭންކުން ކުރުމަށް ނިންމާފައިވާ މުހިންމު މަސައްކަތެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293