twitterviber whatsapp telegramfacebookyoutube instagram
4th May 2026

މާދަމާއިން ފެށިގެން ބީއެމްއެލްއިން ކާޑު ދޫކުރާނެ

May 29, 2021

މި މަހުގެ 30 ވާ އާދީއްތަ ދުވަހުން ފެށިގެން، ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމާ ސާވިސް ސެންޓަރު މެދުވެރިކޮށް ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ނިންމައިފި އެވެ.

ކާޑު ނެގުމަށް ކަސްޓަމާ ސާވިސް ސެންޓަރަށް ދާއިރު، މާސްކު އަޅައި ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުމަަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ހިދުމަތް ދޭނީ ކިއުބީ މެދުވެރިކޮށް ދޫކުރާ އޮންލައިން ޓޯކަން އަށް ވަކި އަދަދެއްގެ ކަސްޓަަމަރުންނަށް ކަމަށާއި އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމަޔަށް އެ ސެންޓަރު ހުޅުވާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

ކާޑު ނެގުމަށް ދާއިރު އަމިއްލަ ގަލަން ގެންދިއުމަށާއި ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކޮވިޑް19 ގެ ނުރައްކާތެރިކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ކަސްޓަމަރުން ކާޑު ނެގުމަށް ބޭންކަށް ދާން ނުޖެހޭނެ ކަމަށާއި އެފަދަ ކަސްޓަމަރުން ބޭންކަށް ގުޅުމަށް ބޭންކުން ވަނީ އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355