twitterviber whatsapp telegramfacebookyoutube instagram
1st January 2026

ކޮވިޑް ޖެހިފައިވާ 10 މީހަަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި

ޚަދީޖާ އާދަމް
May 30, 2021

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރެއިން 10 މީހުންނަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށާއި އައިސީޔޫގައި 12 މީހަކަށް ފަރުވަދެމުން އަންނަ ކަމަށް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.

އޭގެތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި 9 މީހަކަށް ފަރުވާދެމުން އަންނައިރު އެތަނުގެ އައިސީޔޫގައި 3 މީހުންނަށް ފަރުވާދެމުން އަންނައިރު 6 މީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

އެ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާގައި 7 މީހަކަށް ފަރުވާދެމުން އަންނައިރު 16 ވަނަ ފަންގިފިލާގައި 5 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 160 މީހަކަށް ފަރުވާދެމުން އަންނައިރު އެތަނުގެ އައިސީޔުގައި 9 މީހުން އެބަތިބިއެވެ. އަދި ވެންޓިލޭޓަރުގައި 4 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި އައިޖީއެމްއެޗްގެ ހިޔަލަ ވިންގުގައި 7 ކުއްޖަކަށް އަންނަނީ ފަރުވާދެމުންނެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 24،000 ވުރެ މަތީގައެވެ. މެއި މަހަކީ ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވި މަހެވެ. ކޮވިޑްގެ ހަތަރު ވަނަ ރާޅަކާ ކުރިމަތިލާފައިވާއިރު ހާހަކަށްވުރެ މަތިން ކޭސްތައް ރިޕޯޓްތައް ކުރަމުން އަންނަތާ ވަނީ ތިން ހަފްތާވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355