twitterviber whatsapp telegramfacebookyoutube instagram
25th January 2026

ކުޅުދުއްފުއްޓަށް ގެނައި މާބަނޑު އަންހެނަކު ލޯންޗުތެރޭގައި ވިހައިފި

އަބްދުލް ވާހިދު ޙަސަން
Jun 2, 2021
3

ހދ ހަނިމާދޫ ސިއްހީ މަރުކަޒުން، އެއަތޮޅު ކުޅުދުއްފުއްޓަށް ފޮނުވާލި މާބަނޑު އަންހެނަކު ލޯންޗުތެރޭގައި ވިހައިފި އެވެ. މިއަދު ގާތްގަނޑަށް 7:10 ހާއިރު ހިނގި މިހާދިސާގައި ދެ މައިންގެ ހާލުވެސް ރަނގަޅުކަމަށް މައުލޫމާތުލިބެ އެވެ.

އެ މައުލޫމާތު އެނގޭ މީހަކު ކޭއޯއަށް ބުނީ އެ މީހަކީ ހަނިމާދޫ ސިއްހީ މަރުކަޒުން ކުޅުދުއްފުއްޓަށް ފޮނުވި މީހެއް ކަމަށާއި ވިހެއީ ލޯންޗު ކުޅުދުއްފުށީ ފަޅުތެރޭގައި އޮތްވަ ކަމަށެވެ. ސީކްއީން 3 ނަމަކަށް ކިޔާ އެ ލޯންޗު ކުޅުދުއްފުއްޓަށް އައިރު އެމްބިއުލާސް ބަނދަރުމަތީގައި ތައްޔާރަށް އޮތެވެ.

އެ މީހާ ވިހެއިރު ހަނިމާދޫ ސިއްހީ މަރުކަޒުގެ ދެ ސިއްހީ އެހީތެރިޔަކު ލޯންޗުގައި ތިބިއިރު އެ މީހުންގެ އެހީތެރިކަން ލިބިފައިވެ އެވެ. ހޮސްޕިޓަލަށް ގެންދިޔައީ އެ މީހާ ވިހެއުމަށްފަހު ކަމަށް އެ މައުލޫމާތު އެނގޭ މީހަކު ކޭއޯއަށް ބުންޏެވެ.

އެކަމަކު އެ މީހާ ވިހެއީ ކޮން ކަހަލަ ކުއްޖެއްކަމެއް އަދި އެ އަންހެން މީހާގެ އުމުރު ވަނީ ސާފުނުވެފަ އެވެ.

އެމްބިއުލާސްއަށް ލައިގެން ގެންދިޔައިރު ދެ މައިންގެ ހާލުވެސް ރަނގަޅު ކަމަށްވެސް މައުލޫމާތުލިބެ އެވެ. މިކަމުގައި ކޭއާރުއެޗުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355