twitterviber whatsapp telegramfacebookyoutube instagram
3rd June 2023

އެމެރިކާގެ ވެކްސިން ރާއްޖެއަށް ހަދިޔާކުރަން ނިންމުމުން ރައީސް ޝުކުރު އަދާކުރައްވައިފި

ޚަދީޖާ އާދަމް
Jun 4, 2021
1

އެމެރިކާއިން ވެކްސިން ހަދިޔާކުރާ ގައުމުތަކުގެ ތެރޭ ރާއްޖެ ހިމެނުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށް ޝުކުރު އަދާކޮށްފި އެވެ.

އެމެރިކާއިން ވަނީ ރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދަށް ހަތް މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެ ކަން ހާމަކޮށްފަ އެވެ. އެގޮތުން އެމެރިކާ ސަރުކާރުން ބުނެފައިވަނީ ހަދިޔާ ކުރާ ވެކްސިންގެ 75 ޕަސެންޓް ވެކްސިންް ގައުމުތަކަށް ފޯރުކޮށްދޭނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ކަމަށެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމެރިކާގެ ގްލޯބަލް ކޮވިޑް ވެކްސިން ޝެއަރިން ޕްރޮގްރާމުގައި ރާއްޖެ ހިމެނީތީ ރައީސް ބައިޑަން އަށާއި އެމެރިކާގެ ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ރައީސް ވިދާޅުވީ އެމެރިކާ އިން ހަދިޔާކުރާ ވެކްސިން އަކީ ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ ހަނގުރާމާގައި މުހިއްމު ދައުރެއް އަދާކުރާނެ އެއްޗެއް ކަމަށެވެ.

އެމެރިކާ ސަރުކާރުން ހާމަކޮށްފައިވާގޮތުން ކޮވިޑް19 އާއި ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން ކުރާ ހަނގުރާމައަށް އެހީތެރިވުމަށް 80 މިލިއަން ޑޯޒްގެ ވެކްސިން އެކިގައުމުތަކަށް ފޯރުކޮށްދޭނެ އެވެ.

ކޮވިޑް19 ގެ ހާލަތުގައި އެމެރިކާ އިން މީގެ ކުރިންވެސް ވަނީ ރާއްޖެއަށް ބޭނުންވާ މެޑިކަލް ސާމާނާއި ޕީޕީއީ ހަދިޔާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355