twitterviber whatsapp telegramfacebookyoutube instagram
19th August 2026

ހދ އަތޮޅުގެ 9 ރަށެއްގައި ކޮވިޑް އެކްޓިވް 105 ކޭސް

ޚަދީޖާ އާދަމް
Jun 7, 2021

ހދ އަތޮޅުގެ 9 ރަށަކުން ކޮވިޑް ކޭސްތައް ފެނިފައިވާއިރު މިހާރު މި އަތޮޅުގެ އެކްޓިވް ކޭސްގެ އަދަދު ވަނީ 105 އަށް އަރާފައެވެ.

މިމަހުގެ 5 ވަނަ ދުވަހާއި ހަމައަށް އެކްޓިވް ކޭހުގެ އަދަދަކީ 97 އެވެ. ނަމަވެސް މަކުނުދޫއިން އިތުރު 8 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އަދަދު ވަނީ މައްޗަށް ގޮސްފައެވެ.

މިވަގުތު ހދ އަތޮޅުގައި އެންމެ ބޮޑަށް ކޮވިޑް ފެތުރިފައިވަނީ ނޭކުރެންދޫގައެވެ. އެރަށުގައި މި ވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 67 ކޭސް އެބައޮތެވެ. ދެން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މަކުނުދޫއިންނެވެ. އެރަށުގެ އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދަކީ 11 އެވެ.

ކުޅުދުއްފުށީ އަދި ފިނޭގައި އެކްޓިވް ކޭހުގެ އަދަދަކީ 8 ކެވެ. ހަނިމާދޫގައި އެކްޓިވް 4 ކޭސް އަދި ވައިކަރަދޫ 3 ކޭސް އެބައޮތެވެ. މިވަގުތު އެންމެ މަދުން އެކްޓިވް ކޭސްއޮތީ ކުރިނބީ އަދި ނައިވާދޫގައެވެ. އެއީ ކޮންމެ ރަށެއްގައި 1 ކޭސްއެވެ.

މުޅި އަތޮޅުން ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭ ރޭންޑަމް ކޭސްތަކުގެ އަދަދަކީ 53 ކެވެ. އަދި ފުރަބަންދު ކޭސްތަކުގެ ގޮތުގައި 29 ކޭސްވަނީ ފާހަގަ ކުރެވިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355