twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހާސްކަމެއް ނުފިލާ، ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް: ހަނިމާދޫ ހެލްތް ސެންޓަރު

ޚަދީޖާ އާދަމް
Jun 12, 2021

ފަހުން ނެގި ސާމްޕަލްތައް ނެގެޓިވް ކަމުގައި ވިއަސް އަދިވެސް ބަލިފެތުރުމުގެ ފުރުސަތު އެބައޮތްކަމަށް ހދ ހަނިމާދޫ ހެލްތް ސެންޓާގެ ސީނިއާރ ކޮމިއުނިޓީ ހެލްތް އޮފިޝަރ ޒުބައިދާ އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ހަނިމާދޫއިން ފުރަތަމަ ޕޮޒިޓިވްވީ މިމަހު 07 ވަނަ ދުވަހު ފްލޫ ކްލިނިކަށް ދެއްކި ދެމީހަކުކަމަށާއި އެ ދެމީހުން ނަތީޖާ ލިބިފައިވަނީ މިމަހުގެ 9 ވަނަ ދުވަހުކަމަށެވެ. އެތަނުން އެކަކަކީ ހަނިމާދޫ ސްކޫލް ގްރޭޑް 9 ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރެކެވެ. އަނެއް މީހާއަކީ ގޭގައި ޤުރުއާން ކިޔަވައިދޭ ޓީޗަރެކެވެ.

ޒުބޭދާ ވިދާޅުވީ އަލާމަތްތައް ފެނި ޓެސްޓްކުރި ދެ މީހުންވެސް ނަތީޖާ ލިބެންދެން ތިބީ ސެލްފް އައިސޮލޭޝަންގައި ކަމަށެވެ. އޭގެފަހުން ގްރޭޑް 9 ގައި ކިޔަވާ އިތުރު ދަރިވަރަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ. އެއަށްފަހު އެރަށު ބޯކޮށުމުގެ ހިދުމަތް ދޭ މީހަކު ރޯގާގެ އަލާމާތްތައް ހުރެގެން ނެގި ސާމްޕަލް ޕޮޒިޓިވްވުމާއި ގުޅިގެން އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ޑޮކްޓަރަކު ފާހަގަ ކުރެވި ޑޮކްޓަރާއި، ޓްރާންސްލޭޓަރުގެ އިތުރުން ރިސެޕްޝަންގައި މަސައްކަތްކުރާ ދެ ކުއްޖެގެ ސާމްޕަލް ނެގުނުކަމަށް ޒުބައިދާ ވިދާޅުވި އެވެ. އެ 4 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ ޑޮކްޓަރުގެ ސާމްޕަލް އެކަންޏެވެ.

މިވަގުތު އެރަށުގެ އެކްޓިވް 6 ކޭސް އެބައޮތެވެ.

ޕޮޒިޓިވްވި ޤުރުއާން ޓީޗަރުގެ ކޮންޓެކްޓް ޓްރޭސިންގެ ތެރޭގައި ހައިރިސްކު މީހުންނާއި ގިނަ ކުޑަކުދިން ހިމެނޭކަން ޒުބޭދާ ފާހަގަ ކުރެއްވި އެވެ. ނަމަވެސް އެ ކޭސްއާއި ގުޅިގެން މިމަހު 10 ވަނަ ދުވަހު ނެގި 31 ސާމްޕަލް ނެގެޓިވްއެވެ. މިވަގުތު ކަރަންޓީންގައި ތިބި ހައިރިސްކު ބޭފުޅުންގެ ހާލުވެސް ރަނގަޅުކަމަށާއި އެއްވެސް މީހެއްގެ ފަރާތުން އަދި އަލާމަތް ނުފެންނަކަން ޒުބޭދާ ފާހަގަ ކުރެއްވި އެވެ.

ޒުބޭދާ ވަނީ ކޮންޓެކްޓް ޓްރޭސިންނަށް ރައްޔިތުންގެ ފަރާތުން ދެމުންދަ އެއްބާރުލުން ފާހަގަކޮށްފައެވެ.

"އަޅުގަނޑުމެނަށް އަދި މި ކޭސްތަކާއި ގުޅިގެން އަދިވެސް ނުއެއް ހޯދޭ ކޮންގޮތަކަށް ކަމެއް ސްކޫލް ދަރިވަރުން ޕޮޒިޓިވްވީ. ދެން އަބަދުވެސް ގަބޫލްކުރެވޭ ހޯމްކަރަންޓީނަށް އަނަން ފަރާތަކުން ޕޮޒިޓިވްވަމުން އަންނައިރު މިކަހަލަ ހާލަތަކަށް އައުމަކީ އެކަށީގެންވާ ކަމެއްކަން. މިވަގުތަކީ އެންމެންވެސް ވަރަށް ހާސްކަން މަތީ ތިބިވަގުތެއް" ޒުބޭދާ ވިދާޅުވި އެވެ.

ރަށުތެރޭގައި ބަލި ފެތުރިދާނެ ކަމުގެ ފުރުސަތު އޮތްކަން ފާހަގަ ކުރައްވާ ޒުބޭދާ ވިދާޅުވީ ހެލްތް ސެންޓަރާއި، ކައުންސިލް އަދި ޓާސްކްފޯސް ގުޅިގެން މި ހާލަތުން އަވަހަށް އަރައިގަނެވޭނެ ގޮތެއް ހޯދުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. ޒުބޭދާ ވިދާޅުވީ ބަލި ފެތުރިދާނެކަމުގެ ބިރުއޮތީ ޕޮޒިޓިވް ކޭސްތައް އައީ ކިހިނެތްކަމެއް އަދި މިހާތަނަށް ހޯދިފައި ނެތުމުން ކަމަށެވެ.

މިވަގުތު ކަރަންޓީންގައި ގިނަ ބަޔަކު އެބަތިބި ކަމަށާއި ހެލްތް ސެންޓަރުގެ ފަރާތުން ކަރަންޓީނުގައި ތިބި ފަރާތްތަކަށް ގުޅައި ހާލުބަލަމުން އަންނަ ކަމަށް ޒުބޭދާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355