twitterviber whatsapp telegramfacebookyoutube instagram
26th April 2024

މި ހަފްތާގައި ބީއެމްއެލް ހުޅުވާ ގަޑިތައް އާންމުކޮށްފި

ނަބީލާ އިސްމާޢީލް
Jun 13, 2021

ޖޫން 13 އިން 17 އާ ހަމައަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

ބީއެމްއެލް އިން ބުނީ ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް މި މުއްދަތުގައި ބަންދުވާނެ ކަމަށެވެ. އެހެން ނަމަވެސް ކާޑު ދޫކުރުމަށް ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވަން ނިންމައިފަވާ ކަމަށެވެ.

އެގޮތުން އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 02:00 އާ ހަމައަށް ކާޑު ދޫކުރުމުގެ ހިދުމަތް ދެމުންގެންދާނެ އެވެ. އަދި ކާޑު ދޫކުރުމަށް ހުޅުމާލެ ބްރާންޗް ވެސް ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެ ގަޑިތަކުގައި ހުޅުވާފައި ހުންނާނެ އެވެ.

ބީއެމްއެލް އިން ބުނީ ބޭރަށް ނުކުތުމުގެ ހުއްދަ ލިބިފައިވާ ކަސްޓަމަރުންނަށް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އާންމު ފަރުދުންގެ އެކައުންޓަކަށް 100،000 ރުފިޔާ އަދި ވިޔަފާރި އެކައުންޓަކަށް 500،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށް އެބެންކުން ބުންޏެވެ.

ކަސްޓަމަރުންނަށް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ހަފްތާ ދުވަސްތަކުގައި އަސާސީ ބޭންކިންގް ހިދުމަތްތައް ދިނުމަށްވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތްދިނުމުގެ އިތުރުން އޭޓީއެމް އަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ހިމެނެ އެވެ.

އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައްކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފާގެ ހިދުމަތާއި އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

ބީއެމްއެލް އިން ބުނީ ހެނދުނު 11:00ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ ޓްރާންސްފާތައް އެދުވަހު ޕްރޮސެސް ކުރާނެ ކަމަށެވެ. އަދި ހެނދުނު 11:00ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް 100،000 ރުފިޔާއަށް ވުރެ މަތިން ލިބޭ އާރްޓީޖީއެސް ޓްރާންސްފާތައް އެދުވަހު ޕްރޮސެސް ކުރާނެ ކަމަށެވެ. ހެނދުނު 11:00ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ ޓްރާންސްފާ އެދުވަހު ޕްރޮސެސް ވާނެ ކަމަށްވެސް ބިއެމްއެލް އިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355