twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކޮމެޓީގެ ސިއްރު ބައްދަލުވުންތައް އޮންލައިންކޮށް ނުބާއްވަން އެދެފި

ނަބީލާ އިސްމާޢީލް
Jun 13, 2021

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ސިއްރު ބައްދަލުވުންތައް އޮންލައިންކޮށް ނުބާއްވާ ހަމައެކަނި މަޖިލީހުގެ އިދާރާގައި ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސައިދޭން އެދުމަށް އެ ކޮމިޓީން ނިންމައިފި އެވެ.

މިގޮތަށް ނިންމާފައި ވަނީ، މި މަހުގެ ހަ ވަަ ދުވަހުގެ ރޭ ބޭއްވި އެ ކޮމިޓީގެ ސިއްރު ބައްދަލުވުމުގައި ނެގި ވޯޓުގެ ނަތީޖާގެ ސްކްރީންޝޮޓެއް ލީކުވި މައްސަލައާ ގުޅިގެންނެވެ.

އިމްތިޔާޒާއި ސުލޫކު ކޮމެޓީގެ މުގައްރުރަކީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުއް ލަތީފެވެ.

އެ މައްސަލައިގައި އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ މުގައްރިރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވޯޓުގެ ނަތީޖާގެ ސްކްރީންޝޮޓެއް ލީކުވުމާ ގުޅިގެން ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި ކޮމިޓީގެ މެމްބަރުންނަށް އެކި ފަރާތްތަކުގެ އުނދަގުލާއި ފުރައްސާރަ ކުރިމަތިވެފައިވާ ކަމަށެވެ.

ލީކުވެފައި ވަނީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގާ އިންކުއަރީއަށް ވަކި ވަކި ސިފައިން ހާޒިރުކުރުމަށް އެމްއެންޑީއެފްއިން ދެކޮޅު ހަދައި, މަޖިލީހަށް ސިޓީ ފޮނުވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ނެގި ވޯޓުގެ ނަތީޖާ އެވެ.

ބައްދަލުވުމެއް ސިއްރުކުރަން ނިންމާ ހިސާބުން އެ ބައްދަލުވުުމެއް ކުރިއަށް ގެންދާނީ ބަޔާނުގައި، ބުނިގޮތުގައި މަޖިލީހުގެ އިދާރާގަ އެވެ. މަޖިލީހުން މިއަދު ނެރުނު ބަޔާނުގައި ހާމަކޮށްފައިވާ މައުލޫމާތަކީ ބައްދަލުވުމާ ބެހޭ ގޮތުން ހާމަކުރަން ކޮމިޓީން ނިންމި މައުލޫމާތު ކަމަށް ވެސް ބުންޏެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން މަޖިލީހުން ކުރިއަށް ގެންދާ ޕާލަމެންޓްރީ އިންކުއަރީއަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހުސެން ޒަމީލެވެ.

ބަޔާނުގައި ބުނީ ޑިފެންސް މިނިސްޓްރީގެ ނައިބަކު ސޮއިކުރައްވައި ފޮނުވި ސިޓީގެ މައްސަލައިގައި އިމްތިޔާޒް ކޮމިޓީން ގޮތެއް ނިންމީ އެކަން ނިންމި ބައްދަލުވުމުގައި މެމްބަރުން ހުށަހެޅުއްވި ހުށަހެޅުއްވުންތަކުގެ ތަރުތީބުން ވޯޓަށް އަހައިގެން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355