twitterviber whatsapp telegramfacebookyoutube instagram
24th April 2024

ރާއްޖޭގައި އުޅެނީ އިންޑިއާ ވޭރިއަންޓް ކަމަށް ބެލެވޭ: ޑރ ފައިސަލް

ނަބީލާ އިސްމާޢީލް
Jun 13, 2021
1

އިންޑިއާ އިން ފެނިފައިވާ ކޮވިޑްގެ ނުރައްކާތެރި ވޭރިއަންޓް ރާއްޖޭގައި އުޅޭ ކަމަށް ބެލެވޭ ކަމުގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ. އެ ގައުމުން ފެނިފައިވާ ވޭރިއެންޓަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ދީފައިވާ ނަމަކީ "ޑެލްޓާ" ވޭރިއަންޓެވެ.

އޮންލައިން ނޫސް "ވަން" އަށް ޑރ. ފައިސަލް ވިދާޅުވީ ރާއްޖޭގައި މިހާރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަކީ ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ކޮވިޑަށް ޕޮޒިޓިވްވާ މީހުން ކަމަށް ބެލެވޭ ކަމަށެވެ. އޭގެ ސަބަބެއް ކަމުގައި ޑރ. ފައިސަލް ވިދާޅުވީ، ބަލި ފެތުރޭ މިންވަރު އިތުރުވުމާއި ބަލީގައި ހާލު ސީރިއަސްވާ މީހުންގެ އަދަދު އިތުރުވުމެވެ.

މިހާރު ރާއްޖޭގައި ކޮވިޑްޖެހިގެން ބޮޑުވަރު ވަނީ ހަމަ އެކަނި ހައިރިސްކް މީހުންނެއް ނޫނެވެ. ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުންނަށްވެސް ބަލިިިިޖެހިި ހާލު ސިރިއަސްވެގެން ނިޔާވެފައ އެބަހުއްޓެވެ. ޑރ. ފައިސަލް ވިދާޅުވީ މާބަނޑު މީހުންނާއި ކުޑަކުދިންނަށްވެސް މިހާރު ބަލިޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

ކޮވިޑް 19ގެ އާ ވޭރިއަންޓް އުފެދެނީ ވައިރަސް މިއުޓޭޓް ވެ ނުވަތަ ވައިރަހުގެ އަސްލަށް ބަދަލު އައިސް އޭގެ ސަބަބުން ވައިރަސް މަސައްކަތްކުރާ ނިސްބަތަށް ބަދަލު އައިސްގެންނެވެ. އާ ވޭރިއަންޓް އުފެދުމުގައި މިއުޓޭޓް ވުމުގެ ސަބަބުން ބައެއްފަހަރު ވައިރަސްގެ ބާރު ދަށް ވެދާނެ އެވެ. އަދި ބައެއްފަހަރު ވޭރިއަންޓްގެ ސަބަބުން ވައިރަހުގެ ބާރު ގަދަވެ ފެތުރޭ ނިސްބަތް ހަލުވިވެސް ވެދާނެއެވެ.

ކޮވިޑް-19 ގައި މިހާތަނަށް 197 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ރާއްޖޭގައި ބަލި ޖެހިފައި ތިބި 11،041 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ދަނީ 97 މީހުންނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355