twitterviber whatsapp telegramfacebookyoutube instagram
8th January 2026

ފަޅުވެރިޔަކާ ބައްދަލުވެ ކަރަންޓީނުގައި ހުރި ދެ މީހަކު ޕޮޒިޓިވްވެއްޖެ

ނަބީލާ އިސްމާޢީލް
Jun 13, 2021
1

ކުޅުދުއްފުށި ސީކްއީން ބޯޓުގެ ފަޅުވެރިޔަކާ ބައްދަލުވެ ކަރަންޓީނުގައި ހުރި ދެ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މި ދެ މީހުންނާއެކު ސީކުއީން ކުލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 11 އަށް އަރާފަ އެވެ. އެ ކުލަސްޓާގެ ފަޅުވެރިޔަކު ފުރަތަމަ ޕޮޒިޓިވްވީ މިމަހު 9 ވަނަ ދުވަހު އެވެ.

ހޮނިހިރުދުވަހު ވަނީ ބަހާދަރު ބޯޓްގެ 4 ފަޅުވެރިޔަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެ ބޯޓުގެ ފަޅުވެރިން ރަށަށް ފޭބީ ޓެސްޓްކޮށްފައި ނަތީޖާ ލިބުމުން ކަމަށްވާތީ އެ މީހުންނާ ސީދާ ބައްދަލުވި ބަޔަކު މިހާތަނަށް ފާހަގަކުރެވިފައެއް ނުވެ އެވެ.

ކުޅުދުއްފުށީގައި މި ވަގުތު ކޮވިޑް އެކްޓިވް ކޭސްއެއްގެ ގޮތުގައި 25 މީހަކު އެބަތިބި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355