twitterviber whatsapp telegramfacebookyoutube instagram
25th April 2024

ސީކުއީން ބޯޓުގައި އައި ހަނިމާދޫ މީހަކު އެކަހެރިކޮށްފި

- ހަނިމާދުގައި ދެ ގެޔެއް ވަނީ ވަދެ ނިކުމެ އުޅުން މަނާކޮށްފައި
- ސީކުއީން ބޯޓްގައި އެދުވަހު 337 ފަސިންޖަރުން ދަތުރުކޮށްފައިވޭ
- ބޯޓުން ދަތުރުކުރި އެންމެ ހޯމް އައިސޮލޭޝަން ދިޔުމަށް ވަނީ އިލްތިމާސްކޮށްފައި

އަބްދުލް ވާހިދު ޙަސަން
Apr 17, 2020
6

ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ސީކުއީން ބޯޓުގައި ދަތުރުކުރި ހަނިމާދޫ މީހެއްގެ ފަރާތުން ރޯގާގެ އަސަރުކުރުމުން އެމީހާ އެރަށުގައި އެކަހެރިކޮށް، ސާމްޕަލު ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

އެ މީހާ އައިސްފައިވަނީ އެންމެ ފަހުން ސީކުއީން ބޯޓު، މާލެއިން ކުޅުދުއްފުއްޓަށް ކުރި ދަތުރުގައި އެވެ. އެ ދަތުރުގައި އެ ބޯޓުގައި 337 މީހަކު ދަތުރުކަމަށް ރަސްމީ ހިސާބުތަކުން އެންގެ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު މިކަން ކޭއޯއަށް ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، އެ ބޯޓުން ދަތުރު ކުރި އެންމެން ފަރުދީ ޒިންމާ ނަގައި ހޯމް އައިސޮލޭޝަން ދިޔުމަށްށެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން ސަލީމް ކޭއޯއަށް ވިދާޅުވީ، އެ މީހާ އެކަހެރިކޮށްފައިވަނީ ޕަބުލިކް ހެލްތުން އެދިގެން ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަނެއްގައި ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ މީހާއާ ގުޅުން ހުރި ދެ ގެޔަކަށް މީހުން ވަދެ ނިކުމެ އުޅުންވެސް މަނާކޮށްފައިވާ ކަމަށެވެ. އެ ދެ ގެޔަކީ އެރަށު، ފިނިހަނދުވަރުގެ އާއި ނިއުމަތް ގެ އެވެ.

ހަނިމާދޫ ކައުންސިލުން ބުނީ އެ ދެ ގެޔަށް ވަދެ ނިކުމެ އުޅުން މަނާކޮށްފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓުފަހަރުތަކުގައި ދަތުރުކުރަނީ ކުޅުދުއްފުށީގެ އިތުރުން، ބޮޑުތިލަދުންމަތީގެ ރަށްތަކަށް ނިސްބަތްވާ ރައްޔިތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355