twitterviber whatsapp telegramfacebookyoutube instagram
5th April 2026

ކުޅުދުއްފުށިން އިތުރު 3 މީހުން ޕޮޒިޓިވްވެ ޖުމްލަ އަދަދު 28 އަށް

ޚަދީޖާ އާދަމް
Jun 17, 2021

ސީކުއީން ކްލަސްޓާއިން އިތުރު 3 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ކުޅުދުއްފުށިން މި ބަލި ޖެހުނު މީހުންގެ އަދަދު 28 އަށް އަރައިިފި އެވެ.

މި 3 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެގުނީ އަލާމާތްތައް ހުރެހެން ނެގި ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވުމުންނެވެ. ކޭއޯއަށް މައުލޫމާތު ދެމުން އޮފިޝަލަކު ވިދާޅުވީ މި 3 މީހުންވެސް ރޯގާގެ އަލާމާތްތައް އެބަހުރިކަމަށާއި ނަމަވެސް ހާލު ރަނގަޅުކަމަށެވެ.

މި 3 މީހުންނާއެކު ސީކުއީން ކްލަސްޓާއިން ޕޮޒިޓިވްވި އަދަދު މިވަނީ 15 އަރާފައެވެ. ސީކުއީންއިން ފުރަތަމަ ޕޮޒިޓިވްވެފައިވަނީ މިމަހު 9 ވަނަ ދުވަހު އަލާމަތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި އެ ބޯޓުގެ ފަޅުވެރިއެކެވެ.

އެއަށްފަހު ކުޅުދުއްފުށީ ޓާސްކް ފޯސްއިން މާލެ ދަތުރު ކުރާ ބޯޓު ފަހަރު ރަށަށް ލެފުމާއެކު ބޯޓުން ދަތުރު ކުރާ ފަޅުވެރިންގެ ސާމްޕަލް ނެގުމަށް ނިންމި ނިންމުމާއި އެއްގޮތަށް ބަހާދަރު ބޯޓުން ނެގި 4 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައެވެ.

މީގެ އިތުރުން މާލެއިން އައިސް ކަރަންޓީންގައި ތިބި 9 މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އިއްޔެވެސް އިތުރު 75 ރޭންޑަމް ސާމްޕަލް ނަގާފައިވާއިރު އެ ސާމްޕަލްތަކުގެ ނަތީޖާ ލިބޭނީ މިއަދު ހަވީރުއެވެ. މިމަހު 14 ވަނަ ދުވަހުވެސް ވަނީ ރޭންޑަމް 75 ސާމްޕަލް ނަގާފައެވެ. އެ ހުރިހާ ސާމްޕަލްތައް ނެގެޓިވްކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355