twitterviber whatsapp telegramfacebookyoutube instagram
18th August 2025

ކޭޕީއެލް ގެސްޓްހައުސްގައި އެކަކަށް ފަރުވާދެނީ، ހާލު ރަނގަޅު

ޚަދީޖާ އާދަމް
Jun 16, 2021

ކުޅުދުއްފުށީ ސީކުއިން ކްލަސްޓާއިން ޑައިރެކްޓް ކޮންޓެކްޓެއްގައި ގޮތުގައި ފާހަގަވެ، ކޮވިޑަށް ޕޮޒިޓިވްވެފައިވާ ހައި ރިސްކު މީހަކަށް މިވަގުތު ކުޅުދުއްފުށީ ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރާ ކޭޕީއެލް ގެސްޓްހައުސްގައި ދަނީ ފަރުވާދެމުންނެވެ.

ކޭއޯއަށް މައުލޫމާތު ދެމުން އޮފިޝަލަކު ވިދާޅުވީ އެއީ 41 އަހަރުގެ އަންހެނެއްކަމަށާއި އެމިހާ ފެސިލިޓީއަށް ގެންގޮސްފައިވަނީ އިއްޔެ ކަމަށެވެ. އެމީހާއަކީ ދާއިމީ ބައްޔަށް ބޭސްކުރާ މީހެއް ނޫން ނަމަވެސް ރޯގާ ޖެހުމުން ނޭވާއަށް އުގަނދުކުރާ މީހެއްކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފެސިލިޓީއަށް ގެންދިޔައީ ނޭވާލާން އުދަނގޫތަކެއް ދިމާވެގެން ކަމަށާއި މިހާރު ހާލު ސްޓޭބަލްކަމަށް އޮފިޝަލް ވިދާޅުވި އެވެ. ނޭވާލާން އުނދަގުވުން ފިޔަވާ އިތުރު މައްސަލައެއް ދިމާނުވާކަމަށާއި ފެސިލިޓީއަށް ގެނައިރުވެސް ހާލު ސީރިއަސް ނޫންކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ސީކުއިން ކްލަސްޓާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން އިއްޔެވެސް އިތުރު މީހަކު ޕޮޒިޓިވްވެފައިވާއިރު އެއީވެސް ހައި ރިސްކު މީހެކެވެ. ނަމަވެސް އިއްޔެ ޕޮޒިޓިވްވި މީހާގެ ހާލު ރަނގަޅެވެ.

ކުޅުދުއްފުށީގައި ކޮވިޑް ފެސިލިޓީއެއްގައި ބޭނުންކުރާ ކޭޕީއެލް ގެސްޓް ހައުސްގައި ފަރުވާދެވޭނެ އެއްވެސް ވަސީލަތެއް ނުހުރެ އެވެ. ކުޅުދުއްފުށީގައި ކޮވިޑް ފެސިލިޓީއެއް ނުހުންނާތީ މިފަދަ ހާލަތުގައި މީހުން އެކަހެރިކޮށް ފަރުވާދެނީ މި ގެސްޓް ހައުސްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355