twitterviber whatsapp telegramfacebookyoutube instagram
27th April 2024

މެއި މަހުގެ އިމްޕޯޓް، އެކްސްޕޯޓް އަދި އާމްދަނީ އިތުރުވެއްޖެ

ނަބީލާ އިސްމާޢީލް
Jun 17, 2021

މެއި މަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރާއި އެކްސްޕޯޓު ކުރި މިންވަރު އަދި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހުސްވި މެއި މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 105 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

މިދިޔަ އަހަރުގެ މެއި މަހު ރާއްޖެއަށް 1.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ މެއި މަހު މި އަދަދު ވަނީ 3.2 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

މިއަހަރުގެ މެއި މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 104 އިންސައްތަ ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މެއި މަހު 117 މިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު، މި އަހަރުގެ މެއި މަހު ލިބުނު އާމްދަ 238 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ.

މިއަހަރުގެ މެއި މަހު އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކޮށްފައިވަނީ އިންޑިއާ، އޮމާން އަދި ޔޫއޭއީއިންނެވެ. އިންޑިއާއިން 449 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އޮމާންއިން 431 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީއިން 377 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.

މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު މިއަހަރުގެ މެއި މަހު މުދާ އެކްސްޕޯޓުކުރި މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ.

އެގޮތުން މިދިޔަ އަހަރުގެ މެއި މަހު އެކްސްޕޯޓުކުރި މުދަލުގެ އެފްއޯބީ އަގަކީ 174 މިލިއަން ރުފިޔާ އެވެ. އަދި މިއަހަރުގެ މެއި މަހު އެ އަދަދު ވަނީ 333 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

މެއި މަހު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލެންޑަށެވެ. އެއީ އެކްސްޕޯޓުގެ 80 ޕަސެންޓު ނުވަތަ 246 މިލިއަން ރުފިޔާގެ މުދަލެވެ. އަދި 16 މިލިއަން ރުފިޔާގެ މުދާ ޖަރުމަންވިލާތަށް އެކްސްޕޯޓު ކޮށްފައިވާއިރު އިނގިރޭސިވިލާތަށް 13 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355