twitterviber whatsapp telegramfacebookyoutube instagram
29th August 2025

އަންނަ ހަފްތާއިންފެށިގެން ސްޓިމިއުލަސް ލޯނަށް އެދެވޭނެ

ނަބީލާ އިސްމާޢީލް
Jun 17, 2021

އަންނަ އާދިއްތަ ދުވަހުން ފެށިގެން ސްޓިމިއުލަސް ލޯނަށް އެދެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފި އެވެ.

އެ ބޭންކުން ބުނީ މިއީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން މިނިސްޓްރީ އޮފް ފައިނޭންސް އިން އެކުލަވާލާފައިވާ ލޯން ސްކީމެއް ކަމަށެވެ.

ބީއެމްއެލްއިން ބުނީ ސްޓިމިއުލަސް ލޯން ސްކީމަށް އެދި ހުށަހަޅަން ޖެހޭ ގޮތް ބޭންކްގެ ވެބްސައިޓުން ލިބޭނެ ކަމަށާއި އަންނަ އާދީއްތަ ދުވަހުން ފެށިގެން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ސްޓިމިއުލަސް ލޯން ސްކީމް ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަން ފަށާނެ ކަމަށް ސަރުކާރުން އިއުލާން ކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. މި ސްކީމްގެ ދަށުން ވިޔަފާރިތަކަށް 10 މިލިއަން ރުފިޔާއާ ހަމައަށް އެދި ހުށަހެޅޭނެ އެވެ.

މިއީ ރަހުނަކާނުލައި ހަ ޕަސެންޓުގެ ކުޑަ އިންޓްރެސްޓު ރޭޓާއެކު ދޫކުރާ ލޯނެކެވެ. މި ލޯނު ދައްކަން ވިޔަފާރިތަކަށް ހަތަރު އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355