twitterviber whatsapp telegramfacebookyoutube instagram
12th August 2026

ނޭކުރެންދޫގައި ކޮވިޑަށް ޕޮޒިޓިވް މީހަކު ކަރަންޓީނާ ހިލާފުވުމުން 11،000 ރުފިޔާ އިން ޖޫރިމަނާކޮށްފި

ނަބީލާ އިސްމާޢީލް
Jun 27, 2021

ހދ. ނޭކުރެންދޫގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ކަރަންޓީނުގެ އުސޫލާ ހިލާފުވުމުން 11،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އެ ރަށުގައި ކޮވިޑަށް ޕޮޒިޓީވް މީހަކު މާސްކު ނާޅައި ކަރަންޓީނުގެ އުސޫލުތަކާއި ހިލާފަށް ގެއިން ބޭރަށް ނުކުތުމުން، އޭނާ ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބައެއް އޮންލައިން ނޫސްތަކަށް މައުލޫމާތު ދީފައިވެ އެވެ

އެ މީހާ އަކީ ނޭކުރަންދޫ އަށް ދަތުރުކުރި ދޯންޏަކުން ޕޮޒިޓިވްވެ އެ ރަށުގައި ކަރަންޓީނުވެގެން ހުރި ރަށުން ބޭރު މީހެކެވެ. މި މީހާ ޖޫރިމަނާ ކޮށްފައިވަނީ މީގެ ދެ ހަފްތާ ކުރިން ކަމަށް ބައެއް އޮންލައިން މީޑިއާތައް ބުނެ އެވެ

ކުޅުދުއްފުށީ ސީޓީގައިވެސް އިއްޔެ ގޮސް ބެލިބެލުމުން ތިން ގެޔެއް އުސޫލާ ހިލާފުވެފައިވާތީ 8 މީހަކު ވަނީ ޖޫރިމަނާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355