twitterviber whatsapp telegramfacebookyoutube instagram
6th May 2024

ބީއެމްއެލްގެ އޭޖެންޓް ބޭންކިން ހިދުމަތް އިތުރު 12 ރަށަކަށް

ނަބީލާ އިސްމާޢީލް
Jun 27, 2021

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިތުރު 12 ރަށަކަށް އެޖެންޓް ބޭންކިން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

މިއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ 62 އޭޖެންޓުން މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި ފައިސާ ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

އަލަށް މި ހިދުމަތް ދޭން ފެށި ރަށްތަކަކީ ހއ. މާރަންދޫ، ހދ. ކުމުންދޫ، ހދ. ނެއްލައިދޫ، ހަދ. ފިނޭ، ށ. ނަރުދޫ، ށ. ފޭދޫ، ށ. މަރޮށި، ނ. ޅޮހި، ނ. މާޅެންދޫ، ރ. އިންނަމާދޫ، ބ. ފުޅަދޫ އަދި މ. ކޮޅުފުއްޓެވެ.

ބީއެމްއެލް އިން ކޭޝް އެޖެންޓުންގެ ހިދުމަތް ތައާރަފުކުރީ 2014 ވަނަ އަހަރު އެވެ. މިއީ ބޭންކުގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިން ހިދުމަތް ދިނުމަށް ތައާރަފުކުރި ހިދުމަތެކެވެ.

އެ ރަށްތަކަށް އޭޖެންޓް ބޭންކިން ހިދުމަތް ތައާރަފުކުރުމާއެކު ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 10،000 ރުފިޔާއާ ހަމަޔަށް އެޖެންޓުން މެދުވެރިކޮށް ފައިސާ ޑިޕޮސިޓް ކުރުމުގެ އިތުރުން ލޯނު އަދި ކްރެޑިޓް ކާޑަށްވެސް ފައިސާ ދެއްކޭނެ އެވެ. އަދި ކޮންމެ ކަސްޓަމަރަކަށް ދުވާލަކު 2000 ރުފިޔާވެސް ނެގޭނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރަށްރަށުގައި އިއުލާން ކުރެވިފައިވާ ފުރަބަންދުގައި ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ކަސްޓަމަރުންނަށް މެދުނުކެނޑި ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ދަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355