twitterviber whatsapp telegramfacebookyoutube instagram
29th August 2025

ހިންމަފުއްޓާއި ދިއްފުށީގައި ބީއެމްއެލް އިން އޭޓީއެމްގެ ހިދުމަތް ފަށައިފި

ނަބީލާ އިސްމާޢީލް
Jun 29, 2021

ކ. ހިންމަފުއްޓާއި ދިއްފުށީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޭޓީއެމް ހުޅަވައި ހިދުމަތް ދޭން ފަށައިފި އެވެ.

މި އޭޓީއެމްތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ބޭންކުން ބުނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި އޭޓީއެމްތަކުގެ ސަބަބުން އެ ދެރަށުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފައިދާވާނެ ކަމަށެވެ. އަދި މިއީ ބޭންކުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ހުޅުވި އޭޓީއެމްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ދެ އޭޓީއެމާ އެކު މިހާރު ކ. އަތޮޅުގެ މާލެ ފިޔަވައި އިތުރު ހަ ރަށަކުން ބީއެމްއެލް އޭޓީއެމް ހިދުމަތް ލިބޭނެ އެވެ. އަދި ކާށިދޫ އާއި މާފުށީގައި ހުންނަ ބީއެމްއެލް ބްރާންޗުތަކުން ވެސް އެ ބޭންކުގެ ކަސްޓަމަރުންނަށް ހިދުމަތް ލިބޭނެ އެވެ.

ބީއެމްއެލް އިން ވަނީ މިހާތަނަށް ރާއްޖޭގެ 20 އަތޮޅުގައި 35 ބްރާންޗާއި 73 ސެލްފް ސާވިސް ސެންޓަރާއި 134 އޭޓީއެމް ގާއިމްކޮށްފަ އެވެ. އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އޮންލައިންކޮށް ވެސް ބޭންކިން ހިދުމަތް މިހާރު ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355