twitterviber whatsapp telegramfacebookyoutube instagram
6th May 2024

ކޮމިއުނިޓީ ފަންޑުގެ ދަށުން ދެވަނަ ކުއާޓާގެ އެންމެ ރަނގަޅު 5 ޕްރޮޕޯސަލް ހޮވައިފި

ނަބީލާ އިސްމާޢީލް
Jun 30, 2021

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ބީއެމްއެލް "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް"އަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައިފިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ‌ ‌ފަރުދުންނާއި‌ ‌ހިލޭ ސާބަހަށް‌ ‌މަސައްކަތްކުރާ‌ ‌ޖަމިއްޔާތަކުން‌ ‌ދެމެހެއްޓެނިވި‌ ‌ގޮތެއްގައި‌ ‌ރަށްރަށުގައި‌ ‌ހިންގަން ބޭނުންވާ މަޝްރޫއުތަކަށް އެހީވާން ބީއެމްއެލްއިން ތައާރަފުކުރި ފަންޑެކެވެ.

ބީއެމްއެލްއިން ހޮވި ޕްރޮޕޯސަލްތަކުގެ ތެރޭގައި ހދ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހުށަހަޅާފައިވާ ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކުރުމުގެ ޕްރޮޖެކްޓާއި، ށ. ޅައިމަގު އެކުވެރިންގެ ރޫހު ޖަމިއްޔާއިން އެރަށުގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކުރަން ހުށަހެޅި ޕްރޮޕޯސަލް ހިމެނެ އެވެ.

ތިން ވަނަ ޕްރޮޕޯސަލް އަކީ އިބްރާހިމް ނިޔާޒް ހުށަލަޅާފައިވާ ލ. ގަމުގެ އަތިރިމަތީގައި ސޯލާ ލައިޓްހަރުކޮށް ކޮމިއުނިޓީ ޕާކެއް ހެދުމުގެ ޕްރޮޕޯސަލް އެވެ. މީގެ އިތުރުން ގދ. ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަމެންޓުގެ ފަރާތުން ފިޔޯރީގައި އައުޓްޑޯ ކޮމިއުނިޓީ ލައިބްރަރީއެއް ހަދަން ހުށަހެޅި ޕްރޮޕޯސަލް ވެސް ވަނީ ހޮވާފަ އެވެ.

ފަސް ވަނައަށް ބީއެމްއެލް އިން ހޮވާފައިވާ ޕްރޮޕޯސަލް އަކީ އިބްރާހިމް އާތިފް، އައްޑޫސިޓީ މަރަދޫގައި ކޮމިއުނިޓީ ޕާކެއް ތަރައްގީކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލް އެވެ.

މިއަހަރުގެ‌ ‌ކޮންމެ‌ ‌ކުއާޓަރ‌ެއްގައި‌ ‌ހުށަހަޅާ ‌ޕްރޮޕޯސަލްތަކުގެ‌ ‌ތެރެއިން‌ ‌ކޮންމެ‌ ‌ކުއާޓަރެއްގައި‌ވެސް އެންމެ ރަނގަޅު ފަސް ‌ޕްރޮޕޯސަލް‌ ‌ހޮވައި‌ ‌ކޮންމެ‌ ‌ޕްރޮޕޯސަލް‌އެއްގައި‌ ‌ހިމެނޭ‌ ‌ހަރާކާތް‌ ‌ހިންގުމަށް‌ ‌50،000‌ ‌ރުފިޔާ‌ ‌ދިނުމަށް‌ ‌ވަނީ‌ ‌ހަމަޖެހިފަ އެވެ.‌

ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އަހަރެންގެ‌ ‌ބޭންކް‌ ‌ކޮމިއުނިޓީ‌ ‌ފަންޑަަށް‌ ‌މިފަހަރުވެސް‌ ‌ރާއްޖޭގެ‌ ‌އެކި‌ ‌ރަށްރަށުގައި‌ ‌ޕްރޮޖެކްޓް‌ ‌ހިންގުމަށް‌ ‌ރަނގަޅު‌ ‌ޕްރޮޕޯސަލްތަކެއް‌ ‌ލިބުނު ކަމަށެވެ.‌

"މި‌ ‌ފިޔަވަހީގައި‌ ‌ހޮވުނު ‌ފަސް‌ ‌ޕްރޮޖެކްޓާއެކު‌ ‌މި‌ ‌ފަންޑުގެ‌ ‌ދަށުން‌ ‌މިހާތަނަށް މިވަނީ‌ ‌50‌ ‌ރަށެއްގައި‌ ‌މުޖުތަމައަށް‌ ‌ފައިދާހުރި‌ ‌ޕްރޮޖެކްޓްތަކެއް‌ ‌ހިންގުމަށް‌ ‌އެހީތެރިކަން‌ ‌ފޯރުކޮށްދެވިފައި.‌" ސައީދު ވިދާޅުވި އެވެ.‌

އަހަރެންގެ‌ ‌ބޭންކް‌ ‌ކޮމިއުނިޓީ‌ ‌ފަންޑަށް‌ ‌ހުށަހަޅާ‌ ‌ޕްރޮޕޯސަލްތަކަކީ‌ ‌ހިލޭ‌ ‌ސާބަހަށް‌ ‌ކުރާ‌ ‌މަސައްކަތްތަކަށާއި ‌ތައުލީމާއި، ‌ކުޅިވަރު‌ ‌ހަރަކާތްތަކުގެ‌ ‌އިތުރުން‌ ‌ތިމާވެށި‌ ‌ހިމާޔަތްކުރުން‌ ‌ފަދަ‌ ‌ކަންކަމަށް‌ ‌އަމާޒުކޮށްގެން‌ ‌ހުށަހަޅާ ‌ޕްރޮޕޯސަލްތަކެކެވެ.‌

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355