twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓާ މިހާރު އޮތީ ޓެންޑާއަށް ހުޅުވާލުމުގެ މަރުހަލާގައިކަމަށް ރައީސް ވިދާޅުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Jul 2, 2021
4

ކުޅުދުއްފުށި ސިޓީގައި ސަރުކާރުން އަޅަން ވައުދުވެފައިވާ ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރިންގއަށް ހުޅުވާލުމުގެ މަރުހަލާގައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ކުޅުދުއްފުށި ސިޓީ ކައުންސިލާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރއަށް ހުޅުވާލުމުގެ މަރުހަލާގައި ކަމަށެވެ. އެ ހޮސްޕިޓަލުގެ މަސައްކަތް ހަމަޖެހިފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށާއި އެ ޕްރޮޖެކްޓް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކުވެއިތު ފަންޑުވެސް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ޓާޝިއަރީ ހޮސްޕިޓަލުގެ ފަންޑު ހަމަޖެހިފައިވާކަމަށް ނިމިގެންދިޔަ ކައުންސިލް އިންތިހާބުގެ ކެމްޕެއިންގެ ތެރެއިންވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން ވައުދުވެފައިވާގޮތަށް ކުޅުދުއްފުށި ސިޓީގައި ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލް ގާއިމުކުރުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ކައުންސިލުން ވަނީ މި ބައްދަލުވުމުގައި އެދިފަ އެވެ.

ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީކުރަން ބޭނުންވާ ބިންވެސް ކުރީގެ ކައުންސިލުން ވަނީ ހަމަޖައްސައިދީފަ އެވެ. ވެލިގަނޑުގައި އަޅަން ހަމަޖެހިފައިވާ އެ ހޮސްޕިޓަލަށް 130493 އަކަފޫޓްގެ ބިމެއްވަނީ ހަމަޖައްސައިދީފަ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގެ އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ. 2020 ވަނަ އަހަރުގެ ވެސް 184 ރަށަކުން ލައްކައަކަށްވުރެ ގިނަ މީހުން އެ ހޮސްޕިޓަލުން ހިދުމަތް ހޯދާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355