twitterviber whatsapp telegramfacebookyoutube instagram
19th September 2021

މުބާލް އާއި ސާޖިނާ އޮލިމްޕިކްސްއަށް

މުޙައްމަދު އަހުމަދު
Jul 5, 2021

މިއަހަރު އޮންނަ “ޓޯކިޔޯ އޮލިމްޕިކްސް” ގައި ދިވެހިރާއްޖެ ތަމްސީލުކުރާނެ 2 ފެތުންތެރިން ހޮވައި، 7 މެއި 2021 ވަނަ ދުވަހުގެ ކުރިން ބައިނަލްއަޤުވާމީ ފެތުމުގެ ޖަމިއްޔާ “ފީނާ” އަށް އެންގުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށާ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް 14 އޭޕްރީލް 2021 ވަނަދުވަހު ފީނާއިން ވަނީ އަންގާފަ އެވެ. އަދި މިދެންނެވި 2 ފެތުންތެރިން ހޮވާނީ 1- ޢާއިޝަތު ސާޖިނާ، 2- ޢާއިޝަތު ސައުސަން، 3- މުބާލް ޢައްޒާމް އިބްރާހީމް، 4- ޢަލީ އިއްމާން، މި 4 ފެތުންތެރިންގެ ތެރެއިން ކަމަށްވެސް ވަނީ އަންގާފަ އެވެ.

މި އެންގުން ލިބުމާއެކު ސްވިމިންގ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި މަޝްވަރާކޮށް، ގައިޑްލައިންތަކެއް ކަނޑައަޅައި، އެގައިޑްލައިންތަކާ އެއްގޮތަށް 4 ފެތުންތެރިންގެ މެދުގައި ވާދަވެރި ޓްރައިލެއް ޖަހާފަ އެވެ. އަދި އެންމެ މަތިން ނަތީޖާ ހޯދި 2 ފެތުންރިންނަކީ ޢާއިޝަތު ސައުސަން އަދި ޢަލީ އިއްމާން އެވެ.

އެ ދެ ފެތުންތެރިންގެ ނަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށާ ފީނާ އަށް ފޮނުވައި ދިވެހިރާއްޖެ ތަމްސީލުކުރަން ޓޯކިޔޯ އޮލިމްޕިކްސް އަށް ދާނެ 2 ފެތުންތެރިންނަކީ މިދެންނެވި 2 ފެތުންތެރިންކަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީންނާ ސްވިމިންގ އެސޯސިއޭޝަނުން އިއުލާނުކޮށް ފެތުންތެރިން ހޮވުމުގައި ޢަމަލުކުރިގޮތް ސްވިމިންގ އެސޯސިއޭޝަނުން ފީނާ އަށް އަންގާފައިވަނިކޮށް، 25 ޖޫން 2021 ވަނަ ދުވަހު ފީނާ އިން ވަނީ ޓޯކިޔޯ އޮލިމްޕިކްސް އަށް ކޮލިފައިނުވާ ޤައުމުތަކުގެ ފެތުންތެރިން ނެގުމުގައި ޢަމަލުކުރާނީ ފީނާގެ ބައިލޯޒް ގައި ބުނާ ފަދައިން ފީނާގެ ރޭންކިން އަށްބަލައި އެންމެ މަތިން ޕޮއިންޓް ހޯދާފައިވާ ފެތުންތެރިން ކަމަށް ފީނާގެ މެންބަރު ޤައުމުތަކަށް ފީނާއިން އެންގި އެވެ.

އޮލިމްޕިކްސް ފަދަ ބޮޑު މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިން އިޢުލާނުކޮށް، އެފެތުންތެރިން ވާދަކުރާ އިވެންޓްތަކަށް ތަމްރީނު ހަދަމުންދަނިކޮށް ފެތުންތެރިން ބަދަލުވުމަކީ، ފެތުންތެރިންނާ، ކޯޗުންނާ، ޢާއިލާތަކުން އަދި އެސޯސިއޭޝަންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމެއްކަމަށާއި ސްވިމިންގ އެސޯސިއޭޝަނުން ވަނީ ރާއްޖެއިން ފެތުންތެރިން ނެގުމުގައި ޢަމަލުކޮށްފައިވާނީ، 14 އޭޕްރީލް 2021 ގައި ފީނާއިން އެންގި އެންގުމާ އެއްގޮތަށްކަމަށް ބުނެ ސްވިމިންގ އެސޯސިއޭޝަނުން ވާނީ ފީނާއަށް ޖަވާބު ދީފާކަމަށް އެ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.

އިސްވެ ބަޔާންކުރި ގޮތަށް ސްވިމިންގ އެސޯސިއޭޝަނަށް ފީނާއިން އަންގައި، 1 ޖުލައި 2021 ވަނަދުވަހު ވަނީ ޓޯކިޔޯ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލު ކުރާނެ ފެތުންތެރިންނަކީ 1- މުބާލް ޢައްޒާމް އިބްރާހީމް (100 މީޓަރު ފްރީސްޓައިލް އިވެންޓް)، 2- ޢާއިޝަތު ސާޖިނާ (200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓް) ކަމަށާއި ފެތުންތެރިން ޖަހާނެ އިވެންޓްތަކަކީ އެއީކަންވެސް އެއެސޯސިއޭޝަނުން ފީނާއަށް އެންގި ކަމަށް އެބަޔާނުގައިވެ އެވެ. މިދެންނެވި 2 ފެތުންތެރިންނަކީ އޮލިމްޕިކް ސްކޮލަރޝިޕްގެ ދަށުން ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއެކު ތަމްރީނުހެދުމުގެ ފުރުސަތު އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީއން ފަހިކޮށްދީގެން ރާއްޖެއިން ބޭރުގައި ތަމްރީނު ހަދަމުންދާ 2 ފެތުންތެރިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355