twitterviber whatsapp telegramfacebookyoutube instagram
30th May 2025

ތިލަދުންމަތީ ފެތުމުގެ މުބާރާތުގެ ރަންވަނަތައް މިއަހަރުވެސް ހއ އަތޮޅު ތައުލީމީ މަރުކަޒަށް

އަބްދުލް ވާހިދު ޙަސަން
May 29, 2025

ރާއްޖޭގެ ސްވިމިން އެސޯސިއޭޝަނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން ބޭއްވި ތިލަދުންމަތީ އިންޓަ ސްކޫލް ތިންވަނަ ސްވިމިން މުބާރާތުގެ ގިނަ ކާމިޔާބީތަކެއް ހއ. އަތޮޅު ތައުލީމީ މަރުކަޒު ހޯދައިފި އެވެ. މިދިޔަ ދެ މުބާރާތުގައި ހއ އަތޮޅު ތައުލީމީ މަރުކަޒު ވަނީ ރަންވަނަތައް ހާސިލުކޮށްފަ އެވެ.

ކުޅުދުއްފުށީ ރަންމަތި ސަރަހައްދުގައި މި މަހު 24-29 ގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި ބޮޑު ތިލަދުންމަތީގެ 16 ސްކޫލަކުން 309 ދަރިވަރަކު ވާދަކުރި އެވެ.

މިއަހަރުގެވެސް ޖޫނިއާ އަދި ސީނިއާ ކެޓަގަރީގެ އެންމެ މޮޅު ސްކޫލަކަށް ހޮވިފައިވަނީ ހއ. އަތޮޅު ތައުލީމީ މަރުކަޒެވެ. އަދި އަންހެން ޖޫނިއާ/ސީނިއާ ކެޓަގަރީ އާއި ފިރިހެން ޖޫނިއާ/ސީނިއާ ކެޓަގަރީންވެސް ބެސްޓް ސްކޫލްގެ މަގާމު ކާމިޔާބުކުރީ ހއ އަތޮޅު ތައުލީމީ މަރުކަޒެވެ

މުޅި މުބާރާތުން ޖޫނިއާ ކެޓަގަރީގެ ވަނަތައް

750 ޕޮއިންޓާއެކު އެއްވަނަ ހއ އަތޮޅު ތައުލީމީ މަރުކަޒު ހޯދިއިރު 290 ޕޮއިންޓާއެކު ދެވަނަ ހޯދީ އަފީފުއްދީން ސްކޫލެވެ. މި ކެޓަގަރީން ތިންވަނަ ދެ ސްކޫލް ހޯދި އެވެ. އެއީ 170 ޕޮއިންޓް ހޯދައިގެން ށ އަތޮޅު މަދަރުސާ އާއި ހދ ނައިވާދޫ ސްކޫލެވެ.

މުޅި މުބާރާތުން ސީނިއާ ކެޓަގަރީގެ ވަނަތައް

މި ކެޓަގަރީންވެސް 255 ޕޮއިންޓް ހޯދައިގެން އެއްވަނަ ހާސިލުކުރީ ހއ އަތޮޅު ތައުލީމީ މަރުކަޒެވެ. ދެވަނަ ހޯދި އަފީފުއްދީން ސްކޫލަށް 85 ޕޮއިންޓް ލިބުނުއިރު ތިންވަނަ ހޯދީ 50 ޕޮއިންޓާއެކު ހަނިމާދޫ ސްކޫލެވެ.

ބެސްޓް ސްކޫލް އެވޯޑް- އަންހެން/ފިރިހެން

ޖޫނިއާ ފިރިހެން އޭ ކެޓަގަރީ: 310 ޕޮއިންޓާއެކު ޖޫނިއާ ފިރިހެން ކުދިންގެ ބައިން އެއްވަނަ ހޯދީ ހއ އަތޮޅު ތައުލީމީ މަރުކަޒެވެ. އެ ކެޓަގަރީން 80 ޕޮއިންޓާގެ ދެވަނައިގައި ނައިވާދޫ ސްކޫލް އުޅޭއިރު ތިންވަނަ ހާސިލުކުރީ 30 ޕޮއިންޓާއެކު ޅައިމަގު ސްކޫލެވެ.

ޖޫނިއާ އަންހެން އޭ ކެޓަގަރީ: މި ކެޓަގަރީންވެސް އެއްވަނަ ހޯދީ ހއ އަތޮޅު ތައުލީމީ މަރުކަޒެވެ. އެ ސްކޫލުން 190 ޕޮއިންޓް ހޯދި އެވެ. 155 ޕޮއިންޓް ހޯދައިގެން ދެވަނަ އަފީފުއްދީން ސްކޫލް ހޯދިއިރު ތިންވަނަ ހޯދީ 55 ޕޮއިންޓާއެކު މަކުނުދޫ ސްކޫލެވެ.

ޖޫނިއާ ފިރިހެން ބީ ކެޓަގަރީ: 250 ޕޮއިންޓާއެކު އެއްވަނަ ހއ އަތޮޅު ތައުލީމީ މަރުކަޒު ކާމިޔާބުކުރިއިރު ދެވަނަ ހޯދީ 90 ޕޮއިންޓާއެކު ނައިވާދޫ ސްކޫލެވެ. އަދި 60 ޕޮއިންޓާއެކު ތިންވަނަ ހާސިލުކުރީ ހަނިމާދޫ ސްކޫލެވެ.

ޖޫނިއާ އަންހެން ބީ ކެޓަގަރީ: 170 ޕޮއިންޓާއެކު ށ އަތޮޅު މަދަރުސާ ކާމިޔާބުކުރިއިރު ދެވަނަ ހާސިލުކުރީ 135 ޕޮއިންޓާއެކު އަފީފުއްދީން ސްކޫލެވެ. އަދި 45 ޕޮއިންޓާއެކު ތިންވަނަ ހޯދީ ފުނަދޫ ސްކޫލެވެ.

ސީނިއާ ފިރިހެން ކެޓަގަރީ: 255 ޕޮއިންޓް ހޯދައިގެން އެއްވަނަ ހޯދީ ހއ އަތޮޅު ތައުލީމީ މަރުކަޒެވެ. 85 ޕޮއިންޓާއެކު ދެވަނަ ޖަލާލުއްދީން ސްކޫލް ކާމިޔާބުކުރިއިރު ތިންވަނަ ހޯދީ ހަނިމާދޫ ސްކޫލެވެ. އެ ސްކޫލް ތިންވަނަ ހޯދީ 50 ޕޮއިންޓާއެކު އެވެ.

އެންމެ މޮޅެތި ފެތުންތެރިން

ޖޫނިއާ އޭ ކެޓަގަރީގެ ފިރިހެން ކުދިންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނަވެސް ހާސިލުކުރީ ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނެވެ.

1 ވަނަ : ލައިޝާން މުހައްމަދު
2 ވަނަ : މުހައްމަދު އިޒްކާން ބިން އިސްމާއިލް ނަސީރު
2 ވަނަ : އިޒްކާން ހުސެއިން ބަދީއު
3 ވަނަ : އަހުމަދު އަލްޔާން ބިން އަބުދުﷲ

ޖޫނިއާ އޭ ކެޓަގަރީއަށް އަންހެން ކުދިންގެ ވަނަތަކަށް ބަލާލާއިރު އެ ކެޓަގަރީން އެއްވަނަ ހޯދީ ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ފާތިމަތު ސަމޫހާ މުންނަވަރެވެ. އަފީފުއްދީން ސްކޫލްގެ އައިމިނަތު އައުހާ އަބުދުއްރަހުމާން ދެވަނަ ހޯދިއިރު ތިންވަނަ ހޯދީ އަފީފުއްދީން ސްކޫލްގެ އާނީ ހުސެއިން އަހުމަދެވެ.

ޖޫނިއާ ބީ ކެޓަގަރީގެ ފިރިހެން ކުދިންގެ ބައިން އެއްވަނަ އަދި ތިންވަނަ ހޯދީ ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނެވެ. އެއީ މިހްދާދު އަބުދުލްމަންނާން އާއި އަލީ ޝާދިމް އަހުމަދެވެ. އެ ކެޓަގަރީން ދެވަނަ ހާސިލުކުރީ ނައިވާދޫ ސްކޫލްގެ އަހުމަދު މާނިއު މުހައްމަދެވެ.

ޖޫނިއާ ބީ ކެޓަގަރީގެ އަންހެން ކުދިންގެ ބައިގެ ވަނަތައް:

1 ވަނަ : މަރްޔަމް މީރާ އަޒްމީރު / ށ އަތޮޅު މަދަރުސާ
2 ވަނަ : ފާތިމަތު ނޫރާ / ށ އަތޮޅު މަދަރުސާ
3 ވަނަ : މަރްޔަމް މަލާކް މުހައްމަދު / އަފީފުއްދީން ސްކޫލް
3 ވަނަ : ފާތިމަތު ލާޔާ / ފުނަދޫ ސްކޫލް
3 ވަނަ : އައިމިނަތު ނައުހާ އަހުމަދު / ޝެއިހް އިބްރާހިމް ސްކޫލް

ސީނިއާ ފިރިހެން އޭ ކެޓަގަރީގެ ހުރިހާ ވަނަތަކެއް ހޯދީ ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނެވެ.

1 ވަނަ : އަލީ ސާނީ ސައުދުﷲ
2 ވަނަ : ޝާމިޙް އަހުމަދު ރަޝީދު
3 ވަނަ : މުހައްމަދު ސަނީހް ހަސަން

ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސް ނިންމާލި މި ފެތުމުގެ ހަރަކާތް ނިންމުމުގެ ރަސްމިއްޔާތު ރޭ ބޭއްވިއިރު މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޕޯޓް މިނިސްޓަރު އަބުދުﷲ ރާފިއު އެވެ. މިރަސްމިއްޔާތުގައި ކުޅުދުއްފުށީ މޭޔަރާއި ސްވިމިންގ އެސޯސިއޭޝަންގެ ރައީސް އަދި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355