twitterviber whatsapp telegramfacebookyoutube instagram
21st May 2024

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްދޭ އެލަވަންސް ބޮޑުކުރަން ނަޝީދު އެދެފި

ނަބީލާ އިސްމާޢީލް
Jul 6, 2021
3

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދައުލަތުން ދެމުންދާ އެލަވަންސް ބޮޑުކުރަން ޖެހިއްޖެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ވަގުތުން ކުރިއަށްގެންދާ "އާސްކް ސްޕީކާ" ޕްރޮގުރާމްގައި ރައްޔިތަކު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރުމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނަޝީދު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދައުލަތުން ދެމުންދާ އިނާޔަތަކީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ދުވަސްވަރު އެންމެ ފުރަތަމަ ތައާރަފް ކުރެވުނު އިނާޔާތެއް ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުން މިހާރު ދެނީ 2000 ރުފިޔާ އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑް-19އާއި ގުޅިގެން އިގްތިސާދު ހީނަރުވެ، އުފެއްދުންތެރިކަށް ދަށަށް ގޮސް، ޓޫރިޒަމް އެކީހެން ހުއްޓިފައިވާ ކަމަށެވެ. އަދި ޓޫރިޒަމް އޮކިއުޕަންސީ މިވަގުތު 50 ޕަސަންޓަށް ވެސް ނާރާ ކަމުގައި ވެސް ވިދާޅުވި އެވެ. އެލަވަންސް ބޮޑު ކުރާނަމަ އެކަން ކުރަންޖެހޭނީ ދައުލަތަށް ލިބޭ އާމްދަނީއާ އަޅާކިޔުމަށްފަހު ކަމުގައި ވިދާޅުވި އެވެ. އެހެންނޫނީ ހަރަދުތައް އިތުރުވެ ވަރަށް ދެރަ ގޮތްތަކެއް ކުރިމަތިވެދާނެ ކަމުގައިވެސް މަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މި ހުރިހާ ކަމަކަށް ބަލާފައިވެސް އެމަނިކުފާނު ދެކޭ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތަށް ބަދަލެއް ގެނައުމަކީ މިވަގުތު ބޭނުންތެރިކަމެއް ކަމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355