twitterviber whatsapp telegramfacebookyoutube instagram
28th March 2024

މެދުކެނޑުމަށްފަހު ކުޅުދުއްފުށީގައި އަލުން ކޮވިޝީލްޑް ވެކްސިން ޖަހަން ފަށަނީ

މުޙައްމަދު އަހުމަދު
Jul 8, 2021
1

ކޮވިޝީލްޑް ވެކްސިން އަލުން ލިބުމާއެކު މި ހަފްތާ ބަންދުގައި ވެކްސިން ޖަހަން ފަށާނެކަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފި އެވެ. ކޮވިޝީލްޑް ވެކްސިން ރާއްޖެއިން ހުސްވެ ކުޅުދުއްފުށި ސިޓީގައި އެ ވެކްސިން ޖެހުން ހުއްޓުމަކަށް އައީ މިދިޔަ މެއިމަހުގެ ފަހުކޮޅު އެވެ.

މިއަދު ކޭއާރުއެޗުން ކުރި ފޯސްޓެއްގައި ބުނެފައިވަނީ މި ހަފްތާ ބަންދުގައި ކޮވިޝީލްޑް ވެކްސިން ޖަހަން ހަމަޖެހިފައިވާނެ ކަމަށާ އެގޮތުން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުން ކުރިއަށްދާނެ ކަމަށެވެ. އެގޮތުން މިމަހުގެ 9 އަދި 10 ގައި ކިޔު ނަމްބަރު ދޫކުރާއިރު 9 ވަނަ ދުވަހު ދޫކުރުމަށް ހަމަޖެހިފައިވަނީ 300 ކިއު ނަންބަރެވެ. 10 ވަނަ ދުވަހު ދޫކުރާނީ 200 ކިއު ނަންބަރެވެ.

އެކަމަކު ކޮވިޝީލްޑް ވެކްސިން ކުޅުދުއްފުށިން ހުސްވިކަން އެ ހޮސްޕިޓަލުން ހާމަކުރެއްވީ ޖޫންމަހު ފުރަތަމަ ދުވަހު، ޓެކްސީ ޑްރައިވަރުންނަށް ކޮވިޑްގެ މައުލޫމާތުތައް ހަނދާކޮށްދިނުމަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން އެ ހޮސްޕިޓަލުގެ ޑެޕިއުޓީ ޑިރެކްޓަރު ހަދީޖާ އަލީ އެވެ. ހަދީޖާ ވިދާޅުވެފައިވަނީ ކޮވިޝީލްޑް ރާއްޖެއަށް ލިބުން ދަތިވީ އިންޑިޔާގެ ހާލަތު ގޯސްވުމުގެ ސަބަބުން ކަމަށެވެ.

ކުޅުދުއްފުށީގައި މިހާތަނަށް ކޮވިޝީލްޑް ވެކްސިން ފުރިހަމަ ނުކުރެވި 3808 މީހުން ތިބިއިރު އެ ވެކްސިން ފުރިހަމަކުރެވުނީ އެންމެ 1402 މީހުންނަށެވެ. ކޮވިޝީލްޑް ވެކްސިން ހުސްވި ނަމަވެސް ސިނޮފާމް ވެކްސިން ޖެހުން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355