twitterviber whatsapp telegramfacebookyoutube instagram
25th April 2024

ފޯކައިދޫ މީހާ އިތުރު ފަރުވާއަށް ބ އަތޮޅު ފެސިލިޓީއަށް

އަބްދުލް ވާހިދު ޙަސަން
Jul 13, 2021
1

ށ ފޯކައިދޫން ކޮވިޑަށް ޕޮޒިޓިވްވި މިހާ އިތުރު ފަރުވާއަށް ބ އަތޮޅު ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފި އެވެ. އެ މިހާ ކޮވިޑަށް ޕޮޒިޓިވްވިކަން އެގުނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެނެސް ޓެސްޓްކުރުމުން ރޭގެ ވަގުތެއްގައި އެވެ.

ކޭއާރުއެޗުން ބުނީ އެ މިހާގެ އޮކްސިޖަން ލެވެލް ދަށްވާތީ އިތުރު ފަރުވާއަށް ބ އަތޮޅު ކޮވިޑް ފެސިލިޓީއަށް މިއަދު ބަދަލުކޮށްފައިވާ ކަމަށެވެ. 61 އަހަރުގެ އެ އަންހެން މީހާއާއެކު ކުޅުދުއްފުއްޓަށް ހަތަރު އެހީތެރިއަކުން އައި އެވެ. އެތަނުން އެކަކު އެ މީހައާއެކު ބ އަތޮޅަށް ދިޔައިރު ތިން މީހުން ތިބީ ކުޅުދުއްފުށީގައި ކަރަންޓީނުގައި އެވެ.

އެ މީހާ ފެސިލިޓީއަށް ފޮނުވީ ވެންޓިލޭޓަރަށް ލައިގެން ފަރުވާދޭން ޖެހިދާނެތީ އެވެ. އެ މީހަކީ ހިތުގެ ބަލި ހުންނަ މީހެއްކެވެ. އުތުރުގެ ތިން އަތޮޅުގެ ރައްޔިތުންނަށް ފަރުވާދިނުމަށް ކޮވިޑް ފެސިލިޓީ ގާއިމުކޮށްފައި ހުންނަނީ ށ ފުނަދޫގައި އެވެ.

އެ މީހާ ފުރަތަމަ ދެއްކީ ފޯކައިދޫ ހެލްތު ސެންޓަރަށެވެ. ދެއްކިއިރު ބަލީގެ އަލާމަތްތައް ހުރިނަމަވެސް އެ މީހާއަށް ފަރުވާދިނީ ކޮވިޑް ބަލި މީހެއްގެ ގޮތުގައި ބަލައިގެން ނޫނެވެ. އެހެން ދިމާވީ މި ދުވަސްވަރު އެރަށުގައި އަރިދަފުސް ރޯގާ ފެންނަލެއް އިތުރުވެފައިވާ ދުވަސްވަރެއް ކަމުންނެވެ.

ހެލްތް ސެންޓަރުގެ މެނޭޖަރު އަންވަރު ވިދާޅުވީ، މި ކޭސްއާ ގުޅިގެން މިހާތަނަށް 33 ގެއެއް ކަރަންޓީނުކޮށްފައިވާއިރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި މި ކޭސްގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު ބައެއް މީހުންގެ ފަރާތުން ބަލީގެ އަލާމަތްތައް ފެނިފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެހެންވުމުން އަންވަރު ވިދާޅުވީ، ކޮމިއުނިޓީ ސްޕްރެޑެއްގެ ބިރު ބޮޑުވެފައިވާ ކަމަށެވެ.

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާއިރު ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލްތައް މިރޭ ނަގަން ފެށޭވަރުވާނެ ކަމަށް އަންވަރު ވިދާޅުވި އެވެ. ރަށުގެ ހާލަތު މުޅިން ދެނެގަނެވޭނީ ސާމްޕަލްތައް ނެގުމަށްފަހު ޓެސްޓްކުރުމުންކަން އޭނާ ފާހަގަކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355