twitterviber whatsapp telegramfacebookyoutube instagram
23rd October 2026

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 170 މީހުން، ނަންބަރުތައް މައްޗަށް

ނަބީލާ އިސްމާޢީލް
Jul 13, 2021

ރާއްޖެއިން މިއަދު އިތުރު 170 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއާ އެކު މިއަދު ރާއްޖެއިން ޕޮޒިޓިވްވި ނަންބަރު ވަނީ 75،335 އަށް އަރާފަ އެވެ. ވޭތުވެދިޔަ ހަތަރު ދުވަހު ކޮވިޑް ކޭސްތައް ހުރީ 100 އިން ދަށުގަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 170 މީހުންނެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 19 މީހުންނާއި އަތޮޅުތަކުން 78 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ހަތް މީހުންކަމަށެވެ. ހަމައެއާއެކު ސަފާރީއަކުން އެކަކާއި ހަދަމުން އަންނަ ރިސޯޓްތަކުން 60 މީހުންގެ އިތުރުން ސިނާއީ މަސައްކަތްކުރާ ރަށްރަށުން ފަސް މީހަކު ޕޮޒިޓިވް ވެފައިވެއެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 214 މީހުން ވަނީ މަރުވެފަ އެވެ. މާލެއިން ފެންނަ ކޭސްތަކުގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް މާލެ ސަރަހައްދުން ދަތުރުކޮށް ހޯމްކަރަންޓީނުގައި ތިބި މީހުންނާއި އެކު އަތޮޅޮތަކުން ކޭސްތައް ފެންނަ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

ރާއްޖެއިން މިހާތަނަށް 75،332 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 72،569 މީހުން ވަނީ ބަލިން ވަނީ ރަނގަޅުވެފައެވެ. މިހާރު ކޮވިޑަށް ފަރުވާ ހޯދަމުންދަނީ 2،537 މީހުންނެވެ. މީގެތެރެއިން ހޮސްޕިޓަލްގައި 17 މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293