twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިރާގާއި ސެމްސަންގް ގުޅިގެން ހެލްތު މިނިސްޓްރީއަށް ޓެބްލެޓް ހަދިޔާކޮށްފި

ނަބީލާ އިސްމާޢީލް
Jul 14, 2021

ދިރާގުން ސެމްސަންގްއާ ގުޅިގެން ހެލްތު މިނިސްޓްރީއާއި އައްޑޫ ސިޓީ އެކުއެޓޯރިއަލް ހޮސްޕިޓަލަށް 60 ޓެބްލެޓް ހަދިޔާކޮށްފިއެވެ.

ޓެބްތައް ހެލްތު މިނިސްޓްރީއާ ހަވާލުކުރުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދުގެ އިތުރުން ސެމްސަންގް ލަންކާގެ މެނޭޖިން ޑިރެކްޓަރު ކެވިން ބައިވެރިވެވަޑައިގަތެވެ.

ހެލްތު މިނިސްޓްރީއަށް މި 60 ސަމްސަންގ ގެލެކްސީ ޓެބްލެޓް ހަދިޔާކޮށްފައިވަނީ އެކަމަށްޓަކައި ވަރޗުއަލްކޮށް މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.

މި ޓެބްލެޓްތައް ހެލްތު މިނިސްޓްރީއާއި ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދާއި ސެމްސަންގް ސްރީލަންކާގެ މެނޭޖިން ޑިރެކްޓަރު، ކެވިން ސަންގްސޫއެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން މި ޓެބްލެޓްތަކާ ހަވާލުވެލެއްވީ މިނިސްޓަރު އަހުމަދު ނަސީމެވެ.

މިއީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިވެދިނުމުގެ ގޮތުން، ހާއްސަކޮށް ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކުގައި ކުރިއަށްދާ ކޮވިޑް-19ގެ ވެކްސިނޭޝަން ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުންނާއި، ކޮވިޑް ޕެންޑެމިކް ކޮންޓްރޯލްކުރުމުގައި ޑިޖިޓަލް ވަސީލަތްތަކަށް ބޭނުންޖެހިފައިވާ މިންވަރު އިތުރުވެފައިވާތީ، އެކަމަށް އެހީތެރިވުމުގެގޮތުން ހަދިޔާކުރި ތަކެތިކަމަށް ދިރާގުން ބުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ ނަސީމް ވަނީ، ޓެބްލެޓްތައް ހަދިޔާކުރެއްވީތީ، ދިރާގާއި ސެމްސަންގަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ ކޮވިޑް ގެ މި ހާލަތުން އަރައިގަތުމަށް ރާއްޖޭގެ ސިއްހީ އިދާރާތަކުން ކުރާ މަސައްކަތް ފާހަގަރައްވާފައެވެ. އަދި ހަމަ އެއާއެކު އިސް ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންގެ މަސައްކަތް ފާހަގަކޮށް މިނިސްޓަރަށާއި ސިއްހީ ހިދުމަތްތެރީންނަށް ވަނީ ޝުކުރު ދަންނަވާފައެވެ.

މި ބައްދަލުވުމުގައި ސެމްސަން ސްރީލަންކާގެ މެނޭޖިން ޑިރެކްޓަރު ކެވިން ސުންގްސޫ ޔޫ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިރާގާއެކު ސަރުކާރަށް އެހީވުމުގެ ފުރުސަތު ލިބުނީތީ އުފާކުރައްވާކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355