twitterviber whatsapp telegramfacebookyoutube instagram
28th March 2024

ބޮޑު އަގަކަށް ޓްރިޕިއާ އާއި ވަރާން ޔުނައިޓެޑަށް

މުޙައްމަދު އަހުމަދު
Jul 18, 2021

ރެއާލް މެޑްރިޑާ ފުރާންސަށް ކުޅޭ ޑިފެންޑަރު ރަފައެލް ވަރާން އާއި އެތުލެޓިކޯ މެޑްރިޑް އަދި އިންގްލޭންޑަށް ކުޅޭ ފުލްބެކް ކިއެރަން ޓްރިޕިއާ ގަންނަން މެންޗެސްޓާ ޔުނައިޓެޑުން ކުރަމުންގެންދާ މަސައްކަތް އިތުރަށް ވަރުގަދަ ކޮށްފި އެވެ.

ވަރާން ރެއާލާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ޖޫންއަށް ހަމަވާއިރު މިފަހަރުގެ މާކެޓްގައި ރެއާލުން އޭނާ ދޫކޮށްލުން ވަރަށް ގާތެވެ. އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ ވަރާންގެ އޭޖެންޓާއި ޔުނައިޓެޑްގެ މަޝްވަރާތައް ދިޔައީ ރަނގަޅަށް ކަމަށާއި އަގެއް ކަނޑައެޅުންހާ އަވަހަކަށް ޑީލް ނިމުން ވަރަށް ގާތް ކަމަށެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑުން އޮތީ ވަރާންގެ ސޮއިހޯދަން 50 މިލިއަން ޑޮލަރު ހޭދަކުރަންވެސް ތައްޔާރަށެވެ.

10 އަހަރަށްފަހު ވަރާން ރެއާލް ދޫކޮށްލާއިރު އޭނާ ވަނީ އެކުލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން ރެއާލްއާއެކު ވަރާން ވަނީ 4 ޗެމްޕިއަންސް ލީގާ، 4 ކުލަބް ވޯލްޑް ކަޕާއި، 3 ޔޫއެފާ ސުޕަ ކަޕާއި، 3 ސުޕެނިޝް ސުޕަ ކަޕުގެ އިތުރުން ސުޕެނިޝް ލީގުގެ ޗެމްޕިއަންކަން ތިންފަހަރު ހޯދައި އެއްފަހަރު ސުޕެނިޝް ކަޕުގެ ތަށި ހިއްލާލާފަ އެވެ. އަދި އޭނާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުރާންސާއެކު ކާމިޔާބުކޮށްފަ އެވެ.

އުމުރުން 30 އަހަރުގެ އިނގިރޭސި ފުލްބެކް އަދި އެތްލެޓިކޯ މެޑްރިޑަށް ކުޅޭ ކިއެރަން ޓްރިޕިއާ ގަންނަން ޔުނައިޓެޑުން އޮތީ 25 މިލިއަން ޑޮލަރުގެ ބިޑެއްކުރަން ތައްޔާރަށެވެ. އަލުން އިނގިރޭސި ކްލަބަކަށް ކުޅެން ބޭނުންވާ ކަމަށް ޓްރިޕިއާ ބުނެފައިވާއިރު އޭނާ އެތްލެޓިކޯއާއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ.

ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެތްލެޓިކޯ އިން އޮތީ މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ޓްރިޕިއާ ވިއްކާލާ ގޮތަކަށް ނޫނެވެ. ނަމަވެސް މި ކަން ކުރިއަށް ގެންދިއުމަށް ޓްރިޕިއާގެ އޭޖެންޓް އަންނަނީ ވަރަށް ބޮޑަށް ޕްރެޝަރު ކުރަމުންނެވެ. ލަސްވެގެން މި މަސް ނިމުމުގެ ކުރިން ޓްރިޕިއާ އާއި ވަރާންގެ ޑީލް ނިންމާލުމަށް ޔުނައިޓެޑުން ބޭނުންވާއިރު 75 މިލިއަން ޑޮލަރު އެކުލަބުން މިކަމަށް ހޭދަކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355