twitterviber whatsapp telegramfacebookyoutube instagram
16th April 2024

ތާޕްސީގެ "ބްލާރ" ގެ ޝޫޓިން ފަށައިފި

ޚަދީޖާ އާދަމް
Jul 18, 2021

މީގެ ދެ ދުވަސްކުރިން ފަސްޓް ލުކް ދައްކާލާފައިވާ ތާޕްސީ ޕަންނޫ އަދި ގުލްޝަން ދެވައިހް ފެނިގެންދާނެ ބްލާރ ގެ ޝޫޓިން ފަށައިފި އެވެ.

ފިލްމާ ބެހޭ މާބޮޑު ތައާރަފެއް މިހާތަނަށް ދީފައިނުވާ މި ފިލްމުގެ ފަސްޓް ލުކްގައި ފެނިގެންދަނީ ތާޕްސީ ކަނުބަދެ މޫނުގައި އަތް އަޅާއިގެން އިންނަ މަންޒަރެވެ.

މި ފިލްމުގައި ބަތަލާގެ ރޯލުގެ އިތުރުން ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް ތާފްސީ މަސައްކަތް ކުރާނެ އެވެ. މިއީ ޕްރޮޑިއުސަރެއްގެ ގޮތުގައި އޭނާ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

ފިލްމު ޑައިރެކްޓް ކުރަން ހަމަޖެހިފައިވަނީ އަޖޭ ބެލް އެވެ. އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަށް ސީދާ ވަކި ތާރީހެއް އަދި ދީފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355