twitterviber whatsapp telegramfacebookyoutube instagram
20th May 2026

"ޝަރްމާޖީ ނަމްކީން" ޓްރެއިލާއެކު ފިލްމު ބަލާލަން ކެތްމަދުވެފައި

ޚަދީޖާ އާދަމް
Mar 17, 2022

"ޝަރްމާޖީ ނަމްކީން" ވެގެންދާނީ ހުރިހާ ގޮތަކުންވެސް ވަރަށް ހާއްސަ ފިލްމަކަށެވެ. މިއީ ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު ރިޝީ ކަޕޫރުގެ އެންމެ ފަހު ފިލްމެވެ.

ކެންސަރު ބަލީގައި 2020 ވަނަ އަހަރު ރިޝީ މަރުވިއިރު ފިލްމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އަދި ރިޝީއަށް ފުރިހަމަ ނުކުރެވުނު ފިލްމުގެ ޝޮޓްތައް ފުރިހަމަކޮށްފައިވަނީ އެކްޓަރު ޕަރޭޝް ރާވަލްއާއިއެކު އެވެ.

މިއަދު ފިލްމުގެ ޓްރެއިލާ ނެރެފައިވާއިރު ޓްރެއިލާއިން ވެސް ދެތަރިން ފެނިގެންދެއެވެ. އެހެންކަމުން ޕަރޭޝް އާއެކު ފިލްމު ފުރިހަމަކުރިގޮތް ބަލާލަން ގިނަ ބަޔަކުވަނީ ކެތްމަދުވެފައެވެ. އަދި މިއީ ރިޝީގެ ފަހު ފިލްމަށް ވުމުން އޭނާގެ ސަޕޯޓަރުންވެސް ތިބީ ފިލްމު ބަލާލާ ހިތުންނެވެ.

ޖޫހީ ޗައުލާވެސް މުހިއްމު ރޯލަކުން ފެނިގެންދާ މި ފިލްމު ރިލިޒްކުރަން ހަމަޖެހިފައިވަނީ މިމަހު 31 ވަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355