twitterviber whatsapp telegramfacebookyoutube instagram
11th June 2026

ކަރަން ޖޯހަރުވެސް ގޭންގެއްގެ ޓާގެޓަކަށް

Jun 20, 2022

މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ވެސް ގޭންގެއްގެ ޓާގެޓަކަށް ވެފައިވާކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ.

ފުލުހުންނާއި ހަވާލާދީ ހިންދުސްތާން ޓައިމްއިން ބުނީ ކަރަންނަށް ޓާގެޓަކަށް ހަދައިގެން އުޅުނީ ބްލެކްމެއިލްކޮށްގެން ރުފިޔާ ހޯދަން ކަމަށެވެ. އެއީ ލޯރެންސް ބިޝްނޮއީ ކިޔާ ގޭންގެއް ކަމަށެވެ.

އެގޮތުން ކަރަން އަތުން 5 ކަރޯޑް ރުފިޔާ ހޯދުމަށް އެ ގޭންގުން ޕްލޭން ކޮށްފައިވާކަމަށެވެ. ފުލުހުން ވަނީ އެ ގޭންގުގެ ދެމީހަކު ހައްޔަރުވެސް ކޮށްފައެވެ. އެތަނުން އެކަކީ ޕަންޖާބީ ލަވަކިއުންތެރިޔާ ސިދޫ މޫސްވަލާ މަރާލުމުގައި އަތެއްވާކަމަށް ޝައްކުކުރެވޭ މީހެއްކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ކަރަން އަތުން ފައިސާ ހޯދުމަށް މަޝްވަރާކޮށްފައިވާ މެސެޖްތަކެއް ވެސް އިންސްޓްގްރާމާއި ސިގްނަލް މެދުވެރިކޮށް ކޮށްފައިވާކަމަށް ފޮލިހުން ވަނީ ބުނެފައެވެ.

ސިދޫގެ މަރާ ގުޅިގެން ބޮލީވުޑްގެ ބައެއްތަރިންގެ ސެކިއުރިޓީވެސް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ސެކިއުރިޓީ އެންމެ ވަރުގަދަ ކުރި އެކަކަކީ ސަލްމާން ޙާންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355